ޚަބަރު

މެޑިކަލް އެމަރޖެންސީގައި ދެން ގުޅާނީ 100އަށް!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ކުއްލި ހާލަތުގައި ގުޅުމަށް އިމަޖެންސީ މެޑިކަލް ސާވިސް އުފައްދައި ޚިދުމަތް ދޭން ފަށައިފިއެވެ.

Ads by MWSC

ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން މިއަދު ވިދާޅުވީ އިމަރޖެންސީ މެޑިކަލް ސާރވިސް އުފައްދައިފައި ވަނީ ހެލްތު މިނިިސްޓްރީން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އެހީތެރިކަމާއެކުގައި ކަމަށެވެ.

މި ވަގުތަށް އިމަރޖެންސީ މެޑިކަލް ސާވިސްއިން ޚިދުމަތްދޭނީ ހަމައެކަނި ގުރޭޓާ މާލެ ސަރަހައްދުގައި ކޮވިޑް-19އަށް ފައްސި ވޭދަނަތަކުގެ ތެރެއިން އެމަރޖެންސީ ވޭދަނަތަކަށެވެ.

މިއަދު ތައާރަފް ކުރި އިމަރޖެންސީ މެޑިކަލްގެ ސާވިސްގެ ނަންބަރަކީ 100އެވެ.

އެޗްއީއޯސީން ބުނީ މިހާރުން ފެށިގެން އެ ނަންބަރު ބޭނުން ކުރެވޭނެ ކަމަށާ ނަމަވެސް އިލްތިމާސްއަކީ އިމަޖަންސީ ހާލަތްތަކުގައި އެކަނި އެ ނަންބަރު ބޭނުން ކުރުން ކަމަށެވެ.

Ads by Ooredoo
  1. ތިޚިދުމަތް ހެޔޮ ގޮތުގައި ބޭނުން ކުރުމަށް ދިވެހިންނަށް ގޮވާލަން، މާނައަކީ އަރިދަފުސް ހުރެގެން ނޭފަތް ބެދުމަކީ އެމަރޖެންސީ އެއް ނޫނޭ. ރިއަލް އެމަރޖެންސީގަ މި ހިދުމަތް ބޭނުން ކުރާށޭ
    ދިވެހިންނަކީ ވަރަށް ފަސޭހައިން ކޮންމެ ކަމެއްގެވެސް ނާޖާއިޒް ފައިދާ ނަގާ ބައެއް