ފެންތައްޓަކާ ހެދި މީހަކު މަރައިލައިފި
އިންޑިއާގެ އަވަށެއް ކަމަށްވާ ބިހާރް ބެގޫސަރާޔާގައި ހިނގި ހާދިސާއެއްގައި ފެން ތައްޓަކާ ހެދި މީހަކު މަރައިލައިފިއެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި އިންޑިއާގެ ބަޑެޕޫރާ ވިލެޖަށް ނިސްބަތްވާ މި މީހާ މަރުވީ ޕަޓްނާ މެޑިކަލް ކޮލެޖް އެންޑް ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދަނިކޮށެވެ.
ޗޯޓޭ ނަމަކަށް ކިޔާ މި މީހާ މިދިޔަ ހުކުރު ދުވަހު އެ އަވަށުގެ ކައިރީގައި އޮންނަ ކޯރަކަށް މަސްބާނަން ދިޔައެވެ. އަދި ގެއަށް ދިޔަ މަގުމަތީގައި އޭނާ އެތަނުގައި ހުރި ބާލިދީއަކުން ފެންތައްޓެއް ބޯލިއެވެ. އެ ބާލިދީއަކީ ޑިނޭޝް ސަހާނީ ނަމަކަށް ކިޔާ މީހެއްގެ އެއްޗެކެވެ.
ކޮންމެއަކަސް ޗޯޓޭ ފެންތަށި ބޯލިތަން ޑިނޭޝްއަށާއި އޭނާގެ ދަރިފުޅު ޑީޕަކް ސަހާނީއަށް ފެނުނެވެ. އެ ހިސާބުން އެ ދެމީހުން ވަނީ ދަނޑިގަނޑަކުން ޗޯޓޭ ގައިގައި ތަޅައިތަޅައި އޭނާ ޒަހަމް ކޮށްލައިފައެވެ.
އޭނާ ގެއަށް ދިޔައިރު އޭނާގެ ހާލަތު ގޯސްކަމުން އެ އަވަށުގައި ހުރި ސަދަރް ހޮސްޕިޓަލަށް ޗޯޓޭ ގެންދެވުނެވެ. ނަމަވެސް އޭނާގެ ހާލު ސީރިއަސްވާތީ އޭނާ އެހެން ހޮސްޕިޓަލަކަށް ބަދަލު ކުރަން ޖެހުނެވެ. ނަމަވެސް ޗޯޓޭގެ އާއިލާއަކީ ފަގީރު އާއިލާއަކަށް ވާތީ ވިލެޖުގެ އެންމެންހެން ފައިސާ ދީގެން އޭނާޕަޓްނާ މެޑިކަލް ކޮލެޖް އެންޑް ހޮސްޕިޓަލަށް ބަދަލު ކުރެވުނެވެ.
އޭނާ މަރުވީ އެ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދަނިކޮށެވެ. އޭނާ ނިޔާވުމުން ޖަނާޒާގެ ކަންތަކުގައި ވެސް ފައިސާ ޚަރަދުކުރީ އެ އަވަށުގެ ރައްޔިތުންނެވެ. ފުލުހުން މިހާރު ވަނީ މި މައްސަލައިގައި ޑިނޭޝް ހައްޔަރު ކޮށްފައެވެ.
މިގައުމަގަ ކޯޅެނީ އެތެރެ ވަރީގަ . ފެންތަށި ބަރު ނުވެގެން.