ޚަބަރު

ހައްޖު އަޅުކަމަށް ފުރުސަތު ދެވޭނީ ސައުދީގައި ތިބި 60،000 މީހަކަށް

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

މިއަހަރުގެ ހައްޖު މޫސުމުގައި ހައްޖުގެ އަޅުކަމަށް ފުރުސަތު ދޭނީ 60،000 މީހުންނަަށް ކަމަށް ސައުދިއަރަބިއްޔާގެ ހައްޖާއި އުމްރާގެ ކަންކަން ބަލަހައްޓާ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

Ads by MWSC

ކޮވިޑް-19 އިން ރައްކާތެރިވުމަށް ސަައުދީގައި އަޅައިފައިވާ ހާއްސަ ފިޔަވަޅުތަކާއެކު ހައްޖުވުމުގެ ފުރުސަތު ދޭނީ 60،000 މީހުންނަށް ކަމަަށާއި، މި އަހަރު ހައްޖުގެ އަޅުކަމުގައި ބައިވެރިވެވޭނީ ކޮވިޑް-19 އިން ދިފާއުވުމަށް ޖަހަން ޖެހޭ ވެކްސިންގެ ދެ ޑޯޒް ޖަހާ ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނަށް ކަމަށް ވެސް އެ މިނިސްޓްރީން މިއަދު ވަނީ ވިދާޅުވެފައެވެ.

މީފެ އިތުރުން މި އަހަރުގެ ހައްޖު އަޅުކަން އަދާކުރަން ފުރުސަތު ލިބޭ މީހަކީ އުމުރުން 65 އަހަރު ނުވާ ސިއްހަތު ރަނގަޅު މީހަކަށް ވާން ޖެހޭ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!