ޚަބަރު

ގަވާއިދާ ޚިލާފަށް ރާއްޖެ އެތެރެވާން އުޅުނު މީހަކު ހިފަހައްޓައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ޝަހުސު އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު މީހަކު ހުއްޓުވައިފިއެވެ.

Ads by Hajj Corporation

އިމިގްރޭޝަނުން ބުނީ، ޝަހުސު އޮޅުވާލައިގެން ރާއްޖެ އެތެރެވާން މަސައްކަތް ކޮށްފައި ވަނީ އުމުރުން 30 އަހަރުގެ ފިރިހެނެއް ކަމަށެވެ.

ވަގު ޕާސްޕޯޓެއްގައި ރާއްޖެއަށް އެތެރެވެފައި ވަނީ ސީދާ ކޮން ޤައުމަކަށް ނިސްބަތްވާ މީހެއްކަމެއް މޯލްޑިވްސް އިމިގްރޭޝަނުން ހާމައެއް ނުކުރައްވައެވެ. މިމީހާ ރާއްޖެއަށް ގަވާއިދާ ޚިލާފަށް ވަންނަން މަސައްކަތްކޮށްފައި ވަނީ މިމަހުގެ 6 ވަނަ ދުވަހުގައެވެ. އަދި އެ ދުވަހު އޭނާ ވަނީ އަނބުރާ ޤައުމަށް ފޮނުވައިލައިފައެވެ.

ޝަޚްސު އޮޅުވާލައިގެން ގިނަ ބަޔަކު މީގެ ކުރިން ވެސް ވަނީ ރާއްޖެ އެތެރެވެވޭތޯ މަސައްކަތް ކޮށްފައެވެ. އެފަދަ މީހުން އިމިގްރޭޝަނުން ވަނީ ހިފަހައްޓައި، އަނބުރައި ފޮނުވައިލައިފައެވެ.

ޝަހުސު އޮޅުވާލައިގެން އެމީހާ ރާއްޖެ އެތެރެވާން މަސައްކަތްކުރި އިރު ވަގު ޕާސްޕޯޓާ އެކު ރާއްޖެ އެތެރެވާން އުޅުނު ދެ މީހަކު މި އަހަރު ވަނީ ހިފަހައްޓައިފައެވެ. އެއީ އުމުރުން 36 އަހަރުގެ ފިރިހެނަކާއި އުމުރުން 28 އަހަރުގެ ފިރިހެނެކެވެ. މީގެ އިތުރުން މިދިޔަ އަހަރު ތެރޭގައި ވެސް މިގޮތަށް ރާއްޖެ ވަންނަން މަސައްކަތް ކުރި 8 މީހަކު ވަނީ ހުއްޓުވައިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!