ނޮވަވެކްސް ކޮވިޑް ވެކްސިން ހުރިހާ ވޭރިއެންޓަކަށް ވެސް 90 އިންސައްތަ ކާމިޔާބު

އެމެރިކާއިން އުފައްދައިފައިވާ ނޮވަވެކްސް ވެކްސިން ހުރިހާ ވޭރިއަންޓަކަށް ވެސް 90 އިންސައްތަ ކާމިޔާބުކަމާ އެކު މަސައްކަތް ކުރާކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ތަހްލީލްތަކުގެ ފަހު މަރްހަލާގައިވާ ނޮވަވެކްސް ވެކްސިނަކީ މެކްސިކޯގެ ކުންފުންޏަކުން އުފައްދައިފައިވާ ވެކްސިނެކެވެ.
އެމެރިކާގައި ކޮވިޑް 19 ވެކްސިނަށް އޮތް ޑިމާންޑް ކުޑަވެފައި ވީނަމަވެސް ދުނިޔޭގެ އެހެން ގައުމުތަކުގައި ވެކްސިނުގެ ޑިމާންޑް އަދިވެސް ވަރަށް ބޮޑެވެ. ނޮވަވެކްސް ވެކްސިނަކީ ފަސޭހައިން ސްޓޯރ ކުރެވޭ އަދި އެއްގައުމުން އަނެއްގައުމަށް ފޮނުވުމުގައި ވެސް ފަސޭހަވާނެ ވެކްސިނެއްކަމަށް އެ ވެކްސިން އުފައްދާ ކުންފުނިން ބުނެއެވެ.
ނޮވަވެކްސްގެ ތަހްލީލް މަރްހަލާ އަދި ނިމިފައި ނުވި ނަމަވެސް، އެ ކުންފުނިން މަސައްކަތް ކުރަމުންދަނީ ސެޕްޓެމްބަރ މަސް ނިމުމުގެ ކުރިން އެމެރިކާ އަދި ޔޫރަޕްގެ ގައުމުތަކުގައި ނޮވަވެކްސް ވެކްސިނަށް ހުއްދަ ލިބޭވަރު ކުރެވޭތޯކަމަށް ވެސް އެކުންފުނިން މައުލޫމާތު ދެއެވެ. އަދި ހުއްދަ ލިބުމާ އެކު މަހެއްގެ ތެރޭ ވެކްސިނުގެ 100 މިލިއަން ޑޯޒް އުފެއްދޭނެ ކަމަށްވެސް އެކުންފުނިން ބުނެއެވެ.
ވެކްސިން ޓެސްޓް ކޮށްފައިވާ އެއްވެސް މީހެއްގެ ފަރާތުން ވަރުބަލިވުމާ ވެކްސިން ޖެހިތަނަށް ތަދުވުން ފިޔަވައި ސައިޑް އިފެކްޓެއް ނުފެންނަކަމާއި ލޭ ގަނޑުވުން ފަދަ މައްސަލައެއް ރިޕޯޓްކޮށްފައި ނުވާކަމަށް ވެސް އެކުންފުނިން ރިޕޯޓްކޮށްފައިވެއެވެ.
ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް19ގެ ބަލިމަޑުކަމުން އަރައިގަތުމަސްށް އެކި ގައުމުތަކުން ދަނީ ވެކްސިން ތައްޔާރުކޮށް ވެކްސިން ޖަހަމުންނެވެ. މީގެތެރޭގައި އެމެރިކާގެ ފައިޒާ ވެކްސިނާއި ރަޝިޔާގެ ސްޕްޓްނިކް ވީ ވެކްސިނާއި ޗައިނާގެ ސިނޮފާމް އަދި އިންޑިޔާގެ ކޮވިޝީލްޑް ވެކްސިން ޖެހުމަށް ރާއްޖޭގައި ވެސް ވަނީ ހުއްދަ ދީފައެވެ.
ޢާަސޮހު