ދުނިޔެ

ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު 4 މިލިޔަނަށް!

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ކޮވިޑް-19ގެ ވެކްސިނަށް ގިނަ ޤައުމުތަކުން އާދޭސް ކުރަމުންދާ މި ދަނޑިވަޅުގައި، ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ އަދަދު އިތުރުވާން ފަށައިފިއެވެ.

Ads by WAMCO

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ކޮވިޑް-19 ހާލަތު ރަނގަޅު ވުމަށް ފަހު އަނެއްކާ ވެސް ހާލަތު ވަނީ ގޯސްވާން ފަށައިފައެވެ. ހާލަތު ގޯސްވާން ފަށައިފައި ވަނީ ޑެލްޓާ ވޭރިއަންޓްގެ ވައިރަސް ދުނިޔޭގެ ޤައުމުތަކުގައި ފެތުރެން ފެށި ހިސާބުންނެވެ. ޑެލްޓާ ވޭރިއެންޓު އެންމެ ފުރަތަމަ ފެނިފައި ވަނީ 2020ވަނަ އަހަރުގެ ފަހުކޮޅު އިންޑިޔާއިންނެވެ. އޭގެ ފަހުން ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުން މި ވޭރިއަންޓް ވަނީ ފެނިފައެވެ،

ކޮވިޑް-19ގެ ސަބަބުން މަރުވާ މީހުންގެ ނިޞްބަތް ވެސް ވަނީ އިތުރުވާން ފަށައިފައެވެ. އެ ގޮތުން ބަލިމަޑުކަމުގައި މަރުވި 4 މިލިޔަން މީހުންގެ ތެރެއިން ފުރަތަމަ 2 މިލިޔަން މީހުން މަރުވެފައި ވަނީ 365 އަށްވުރެ ގިނަ ދުވަހުގެ ތެރޭގައެވެ. ނަމަވެސް ޙާލަތު ވަރަށް ބޮޑަށް ގޯސްވެ އެންމެ ފަހުން މަރުވި 2 މިލިޔަން މީހުން މަރުވެފައި ވަނީ 166 ދުވަހުގެ ތެރޭގައެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ކުރިން ޙާލަތު ވަރަށް ބޮޑަށް ގޯސްވި އެމެރިކާއާއި އިނގިރޭސިވިލާތް ފަދަ ޤައުމުތަކުގެ ޙާލަތުވަނީ ވަރަށް ބޮޑަށް ރަނގަޅުވެފައެވެ. މި ދެ ޤައުމުގައި ގިނަ ބަޔަކަށް ވެކްސިން ދީފައިވެއެވެ. އިންޑިއާގެ ހާލަތު ވެސް ދަނީ ރަނގަޅުވަމުންނެވެ.

ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ ތެރެއިން 50 އިންސައްތަ މީހުން މަރުވެފައި ވަނީ އެމެރިކާއާއި ބުރެޒިލާއި އިންޑިޔާއާއި ރަޝިޔާއާއި މެކްސިކޯއިންނެވެ. އަދި އާބާދީގެ ނިޞްބަތުން އެންމެ ގިނަ މީހުން މަރުވެފައިވަނީ ޕެރޫއާއި ހަންގޭރީއާއި ބޮސްނިޔާއާއި ޗެކް ރިޕަބުލިކާއި ޖިބުރޮލްޓާއިންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!