ޚަބަރު

ޤުރްއާން އަދި އަރަބި ކިޔަވާދޭން އިންޑިއާއިން ޓީޗަރުން ގެނައީ ދިވެހި ޓީޗަރުން ނެތުމުން: އެޑިއުކޭޝަން މިނިސްޓްރީ

ރައުފާ ރަޝީދު ، ދެން އޮންލައިން

ޤުރްއާން އަދި އަރަބި ކިޔަވައިދޭން އިންޑިއާއިން ޓީޗަރުން ގެނައީ ދިވެހި ޓީޗަރުން ނެތުމުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

Ads by STELCO

އެޑިއުކޭޝަން މިނިސްޓްރީން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވީ ކެރެލާއިން ގެނެވިފައިވާ 5 ޢަރަބި ޓީޗަރުންނާއި 5 ޤުރްއާން ޓީޗަރުން ރާއްޖޭގެ 9 ސްކޫލްއެއްގައި މިހާރު ކިޔަވައިދެއްވަމުން ދާކަމަށެވެ. އަދި މި ޓީޗަރުންނަކީ މި މާއްދާތައް ކިޔަވައިދޭނެ ދިވެހި ޓީޗަރުން ހޯދުމަށް ތަކުރާރުކޮށް އިޢުލާނުކޮށް، ޓީޗަރުން ލިބިފައި ނުވާ މަޤާމުތަކަށް ޓީޗަރުން ހޯދުމަށް އެކި ގައުމުތަކުގެ ހައިކޮމިޝަން ތަކުގައި އެހީތެރިކަމަށް އެދުމުން، އިންޑިޔާގެ ހައިކޮމިޝަންގެ ފަރާތުން، އިންޑިޔާގެ ސަރުކާރުން ސްޕޮންސަރ ކޮށްފައިވާ އިންޑިޔާގެ ރެކްރޫޓްމަންޓް އޭޖެންސީއެއް ކަމަށްވާ ނޯކާ ރޫޓްސް މެދުވެރިކޮށް 2020 ވަނަ އަހަރު ރެކްރޫޓްކޮށްފައިވާ ޓީޗަރުން ކަމަށެވެ.

އަދި މިޓީޗަރުން ރެކްރޫޓް ކުރުމުގެ ކުރިން، މި ދާއިރާއިން ރާއްޖޭގެ މުދައްރިސުން ތަމްރީނުކުރާ މަރުކަޒުތަކުގައި ކިޔަވާ ދަރިވަރުންނާ ވެސް ވާހަކަ ދެކެވި، މުދައްރިސުންގެ ދަތިކަން ހުރި ރަށްތަކަށް ދެވޭނެ ފަރާތްތައް ލިބޭތޯ މަސައްކަތް ކުރެވިފައިވާ ކަމަށެވެ.

ނަމަވެސް ޓީޗަރުން ނުލިބި ގިނަ ދުވަސްތަކެއް ވެއްޖެނަމަ ދަރިވަރުންގެ ކިޔެވުމަށް ނޭދެވޭ އަސަރު ކުރުމުގެ ބިރު އޮތުމުން އެ ފުރުސަތު ބިދޭސީ މުދައްރިސުންނަށް ދެވިފައިވާކަމަށާއި މި މަޤާމުތަކަށް ދިވެހި ރާއްޖޭގެ ޓީޗަރުން ތަމްރީނުކުރުމުގެ މަސައްކަތް މިހާރު ފެށިފައިވާކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވިއެވެ.

އެ މިނިސްޓްރީން އިތުރަށް ވިދާޅުވީ ދިވެހި މުދައްރިސެއް ލިބޭ ނަމަ ލޯކަލައިޒްކުރުމުގެ ޕޮލިސީގެ ދަށުން އެ މަޤާމްތަކަށް ދިވެހިން އައްޔަން ކުރެވޭނެ ކަމަށެވެ.

Ads by HDC
  1. ބަހަބަރު

    ހަދާ ދޮގު

  2. ދިވެހި ރައްޔިތުން

    ޤުރުއާނާއި އަދި ޢަރަބް ބަސް ކިޔަވައި ދެއްވުމަށް އިންޑިއާއި ރާއްޖެތެރޭގެ ކޮންމެ ރަށަކަށާް ޓީޗަރަކު ފޮނުއްވުން ވަރަށް މުހިންމު. އަދި ކޮންމެ ރަށަކަށް އިމާމަކު ފޮނުއްވުންވެސް ވަރަށް މުހިންމު. އަދި އެފަަދަ މީހުން އެރަށެއްގެ ރަށްވެހިންނަށް ހަދައި ގެދޮރުވެރި ކުރުމަކީވެސް ކުރަން ވަރަށް މުހިންމު ކަމެއް. މިކަން މުހިންމު ވަނީ ރާއްޖޭގައި އިސްލާމީ ކަންކަން ކުރިއަރުވައި ނެގެހެއްޓުމުގެ މަތިވެރި މަޤުޞަދުގައި އިސްލާމީ ތަރުބިއްޔަތުގެ އާޖީލެއް ބިނާކުރުމަށްޓަކައި

  3. އަމާން

    އެއަރޕޯޓު ހިންގަނީ އިންޑިޔާ މީހުން ސިފައިން ގެނެސް ގައުމު ހިންގަނީ އިންޑިޔާއިން .ބަރާބަރު.މިނިސްޓަރުންނާއި ފަނޑިޔާރުން ވެސް މިއަންނަ އަހަރު ބަދަލު ކުރަން ފެނޭ.