ބޮލީވުޑް

“މުގެމްބޯ”ގެ ރޯލް ކުޅެން ފުރަތަމަ ލިބުނީ އަމްރިޝް ޕޫރީއަކަށް ނޫން!

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ހިންދީ ފިލްމް "މިސްޓަރ އިންޑިޔާ"ގައި ނުބައިބައި ކެރެކްޓާ ކަމުގައިވާ "މުގެންބޯ"ގެ ރޯލުން ފެނިގެން ދިޔަ އަމްރިޝް ޕޫރީ ވަނީ އެރޯލް ވަރަށް ފުރިހަމައަށް އަދާކޮށްދީފައެވެ.

Ads by Sosun Fihaara

ސްރީ ދޭވީއާއި އަނިލް ކަޕޫރު ފެނިގެންދިޔަ މި ފިލްމުގައި "މުގެންބޯ"ގެ ރޯލު ކުޅެން އެންމެ ފުރަތަމަ ހުށައެޅުން ލިބިފައި ވަނީ އަމްރިޝް ޕޫރީއަކަށް ނޫނެވެ. އެރޯލް ކުޅެން އެންމެ ފުރަތަމަ ހުށައަޅާފައިވަނީ އެކްޓަރ އަނޫޕަމް ހެރް އަށެވެ. އެ ރޯލާ މެދު އިންޓަރވިއުއެއްގައި ވާހަކަ ދައްކަމުން އަނޫޕަމް ބުނީ އެރޯލް ނުކުޅެވުމުން ފަހުން ދެރަވިކަމަށާއި އެހެން ނަމަވެސް އަމްރިޝް ޕޫރީ ވަނީ އެ ރޯލް އެންމެ ފުރިހަމައަށް އަދާކޮށްދީފައިކަމަށެވެ.

ޑައިރެކްޓަރ އަލީ އައްބާސް ޒަފަރު މިހާރު ދަނީ "މިސްޓަރ އިންޑިޔާ"ގެ ރިމޭކެއް ހަދަން މަސައްކަތް ކުރަމުން ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ. ފިލްމްގެ ރިމޭކް އަންނާނީ ބަދަލުތަކާ އެކު ނަމަވެސް އެއީ ކޮން ބަދަލުތަކެއް ކަމެއް އަދި ފިލްމުން ފެނިގެން ދަނީ ކޮންކޮން ތަރިންނެއްކަމެއް ވެސް ޑައިރެކްޓަރ ހާމަކޮށްފައެއް ނުވެއެވެ.

1987 ވަނަ އަހަރު ނެރުނު ފިލްމް "މިސްޓަރ އިންޑިޔާ" އަކީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ހޯދި ފިލްމެކެވެ. ފިލްމްގެ ލަވަ "ހަވާ ހަވާއީ" އަކީ އަދިވެސް ވަރަށް މަޝްހޫރު ލަވައެކެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!