ޚަބަރު

ފެނަކައިގެ ކޮރަޕްޝަނާ ގުޅޭ މައްސަލަ އިތުރަށް ނުބަލަން ނިންމައިފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ފޮޓޯ ޕީއެސްއެމް

ފެނަކަ ކޯޕަރޭޝަންގައި މުދަލާ ހިދުމަތް ހޯދުމުގައާއި ރެކްރޫޓްމެންޓް ޕްރޮސެސްގައި ކޮރަޕްޝަނަން މަގުފަހިވާގޮތަށް އެކުންފުނީގެ ތެރޭގައި ހިނގާ ކަންތައްތަކުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އެންޓަރ ޕްރައިޒަސް ކޮމިޓީން އިތުރަށް ނުބަލަން ނިންމައިފިއެވެ.

Ads by MWSC

މިއަދު ބޭއްވި އެކޮމިޓީގެ ބައްދަލުވުމުގައި ފެނަކައިގެ މައްސަލައިގެ ތައާރަފެއް ދެއްވަމުން ކޮމިޓީގެ ނައިބު މުގައްރިރު ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީ ވިދާޅުވީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ ގުޅޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށައެޅިފައިވާ މައްސަލަތަކާ ގުޅޭ ގޮތުން ކޮމިޝަނަށް ފާހަގަކުރެވިފައިވާ މައްސަލަތަކާ ގުޅޭގޮތުން މުދަލާއި ޚިދުމަތް ހޯދުމުގައާއި ރެކްރޫޓްމެންޓް ޕްރޮސެސްގައި ކޮރަޕްޝަނަން މަގުފަހިވާގޮތަށް އެކުންފުނީގެ ތެރޭގައި ހިނގާ ކަންތައްތަކުގެ މައްޗަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން އެކުލަވައިލައިފައިވާ ރިޕޯޓް ދިރާސާކޮށް މެމްބަރުންގެ ހުށައެޅުންތަކާ އެއްކޮށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ފިނޭންސް މިނިސްޓްރީން އަންގައިފައިވާ އެންގުމަށް އަމަލު ކުރުމާއި އަދި އިތުރަށް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ނަންބަރު 1ppo/2021/300 ގައި އެއީ 2 މެއި 2021ގައި ފޮނުވައިފައިވާ ނޯޓާ އެއްގޮތަށް އަމަލުކުރަމުން ދޭތޯ ބަލައިފައިވާކަމަށެވެ.

ކޮމިޓީގެ ނައިބު މުގައްރިރު ވިދާޅުވީ، ވަކިން ފެނަކަ މައްސަލަ ބަލަން ޖެހޭ ކަމަށް ނުފެންނަ ކަމަށާއި ރައީސް އޮފީހާއި ފިނޭންސް މިނިސްޓްރީގެ ރިކޮމެންޑޭޝަނަށް ފެނަކައިން ފިޔަވަޅުތައް އަޅައިފައިވާކަމަށެވެ. އަދި މިކަމަށް ކޮމިޓީގެ މެންބަރުން ވަނީ ތާއީދުކޮށްފައެވެ. އެހެންކަމުން އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ނުގެންދިޔުމަށް ނިންމައި އެމައްސަލައިގެ އިތުރު ރިޕޯޓެއް ހެދުމަށް ކޮމިޓީން މިއަދު ވަނީ ނިންމައިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!