ރިޕޯޓް

ފަތުރުވެރިން ބޭނުންވީ 16 އަހަރުކުރިން ޚިދުމަތް ކޮށްދިން ވެއިޓަރާ ބައްދަލުކުރަން!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ރާއްޖެއަށް ޒިޔާރާތް ކުރި ފަތުރުވެރިންތަކެއް އެމީހުންނަށް ޚިދުމަތް ކުރި ރާއްޖޭގެ ވެއިޓަރަކު ހޯދުމަށް އެދި ފޭސްބުކްގައި އެހީއަށް އެދިއްޖެއެވެ.

Ads by Sosun Fihaara

ވެއިޓަރުގެ ފޮޓޯއާ އެކު އެ ގެސްޓު މީހާ ބުނެފައި ވަނީ ވެއިޓަރަކީ ވެލިދޫ އައިލެންޑް ރިސޯޓުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރި މީހެއް ކަމަށެވެ. އަދި އޭނާއަކީ އެމީހުންގެ ދަރިފުޅު ސެބަސްޓައިންގެ ވަރަށް ގާތް އެކުވެރިއެއް ކަމަށާއި ސެބަސްޓައިންގެ 18 ވަނަ އުފަން ދުވަހަށް އޭނާއާ ބައްދަލުވާން ބޭނުންވާ ކަމަށް އޭނާ ބުނެފައިވެއެވެ.

"ދެން"އިން ހޯދި ހޯދުމުން ވަނީ މި ފިރިހެން މީހާއާ ވާހަކަ ދެއްކޭ ގޮތް ވެފައެވެ. އޭނާއަކީ މިހާރު އަމިއްލަ ކަންނެލި ދޯންޏެއް ދުއްވާ މީހެކެވެ. މުހައްމަދު ސައީދު ނަމަކަށް ކިޔާ އެ މީހާ "ދެން"އަށް މައުލޫމާތު ދެމުން ބުނީ އެ އާއިލާއަކީ އޭނާ ވެލިދޫ އައިލެންޑް ރިސޯޓުގައި މަސައްކަތް ކުރި 18 އަހަރު ތެރޭގައި 4 ފަހަރަށް އެ ރަށަށް އައި އާއިލާއެއް ކަމަށެވެ. އެގޮތުން އެމީހުން ފުރަތަމަ އެ ރަށަށް އައީ މީގެ 16ވަރަކަށް އަހަރު ކުރިން ކަމަށް އޭނާ ކިޔައިދިނެވެ.

"އޭނާގެ މަންމަމެން ޑައިވިންއަށް ދިޔައީމަ ވެސް އޭނާ އިންނާނީ އަހަރެންގެ ގާތުގައި، އަބަދުވެސް އަހަރެންނާ އެއްކޮށް އޭނާ އުޅެން ބޭނުން ވާނީ" އޭނާ ކިޔައިދިނެވެ.

އެ ރިސޯޓަށް ގޮސްފައި ކޮންމެ ފަހަރަކު ވެސް ސެބަސްޓައިން ހުންނަން ބޭނުން ވަނީ މުހައްމަދާ އެކުގައެވެ. އޭނާ ބަލަނީ މުހައްމަދުއެވެ. އަދި އެ އާއިލާގެ ހުރިހައި ކަމަކާ ވެސް ހަވާލު ވާނީ މުހައްމަދެވެ.

މުހައްމަދު ބުނީ ވަރަށް ފަހަކާ ޖެހެންދެން ވެސް އެމީހުންނާ ގުޅުން ބޭއްވުނު ކަމަށެވެ. ނަމަވެސް ކަން ދިމާ ކުރި ގޮތުން އެމީހުންނަށް ވެސް މުހައްމަދުގެ ކޮންޓެކްޓް ގެއްލި އޭނާއަށް ވެސް އެމީހުންގެ ކޮންޓެކްޓް ގެއްލުނީއެވެ. ނަމަވެސް ފޭސްބުކްގައި އޭނާ ހޯދަން ކުރި މަސައްކަތުން މިހާރު މުހައްމަދަށް ވެސް ވަނީ އޭނާ ހޯދަން އެމީހުން އުޅޭކަން އެނގިފައެވެ.

"މާލެ ގޮސްފައި އަޅުގަނޑު އެމީހުންނަށް ގުޅާނަން. އިރާދަކުރެއްވިއްޔާ އޭނާގެ އުފަން ދުވަހަށް ބައްދަލުވާނަން"ކަނޑުމަތީގައި ހުރެ "ދެން"އާ ވާހަކަ ދައްކަމުން މުހައްމަދު ބުންޏެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!