ޚަބަރު

ފުލުހުންނަށް ގިނަ ބާރުތަކެއް ދޭން ހުށަހެޅި ބިލު 241 ކޮމިޓީއަށް ފޮނުވައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
މީގެ ކުރިން ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން--

ފުލުހުންނަށް ގިނަ ބާރުތަކެއް ލިބޭ ގޮތަށް ހުށައަޅައިފައިވާ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ދިރާސާކުރަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ފޮނުވައިފިއެވެ.

Ads by STELCO

މިއަދު ބޭއްވި މަޖިލިސް ޖަލްސާގައި މި ބިލް ކޮމިޓީއަށް ފޮނުވަން ފާސްވީ 47 މެމްބަރުންގެ ވޯޓާ އެކުއެވެ.

މި ބިލު ފާސް ވެއްޖެނަމަ ޓެރަރިޒަމްގެ ބޮޑެތި ކުށްތައް ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރެވޭ ފަރާތްތައް 48 ގަޑިއިރަށް ބަންދުގައި ބެހެއްޓުމުގެ ބާރު ލިބިގެންދާއިރު ކޯޓު އަމުރަކާ ނުލައި ހައްޔަރުކުރުމުގެ ބާރު ފުލުހުންނަށް ލިބިދޭ ފަރާތެއް އަމިއްލަ ތަނެއްގައިވާ ހާލަތުގައި އެތަނަކަށް ވަދެ، އެތަން ބަލައި ފާސްކުރުމުގެ ބާރު ފުލުހުންނަށް ލިބިގެން ދާނެއެވެ. އަދި އެކަން ކުރުމުގައި ޢަމަލުކުރަންޖެހޭ އިޖުރާއަތުތައް ވެސް އެ ބިލުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން އެފަދަ ފަރާތްތައް ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް، އެފަރާތްތަކުގެ ބަންދާ މެދު ގޮތެއް ކަނޑައެޅުމުގައި ޢަމަލުކުރަން ޖެހޭ އުސޫލުތައް މި ބިލާއެކު އިތުރަށް ސާފުވެގެންދާނެ ކަމަށާއި މި ބިލުގެ ސަބަބުން ޓެރަރިޒަމްގެ ކުށްތައް ތަހުގީގު ކުރުމުގައި ޤާނޫނު ތަންފީޒުކުރާ އިދާރާތަކަށް ކުރިމަތިވާ ބައެއް ގޮންޖެހުންތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ދެކެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!