އިންޑިއާގައި ހިންދޫ ޒުވާނުންތަކެއް މުސްލިމަކު ބަރަހަނާކޮށް ހަމަލާދީފި
އިންޑިއާގައި އުމުރުން ދުވަސްވީ މުސްލިމު ފިރިހެނަކަށް، ހިންދޫ ޒުވާނުންތަކެއް އަނެއްކާ ވެސް ހަމަލާ ދީފިއެވެ.
އުމުރުން 62 އަހަރުގެ ކާޒިމް ޚާން ނަމަކަށް ކިޔާ އެ މީހާއަށް ނޮއިޑާގެ ޒުވާނުން ތަކެއް ހަމަލާ ދިނީ މިދިޔަ އާދީއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.
ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި ކާޒިމްއަށް ހަމަލާ ދިނީ ތިން މީހެކެވެ. އޭނާ މަގުމަތިން ހިނގައިފައި ދަނިކޮށް އެމީހުން ކާޒިމްގެ ގައިގައި ތަޅާ، ތުބުނޅިއަށް ދަމާ، އިސްކުރު އަނބުރަން ގެންގުޅޭ ކަށިގަނޑަކުން ވެސް ހަމަލާ ދިނުމުގެ އިތުރުން ކާޒިމް ލައިގެން ހުރި އަންނައުނު ބާލުވައި ބަރަހަނާ ކުރި ކަމަށް ވެސް ރިޕޯޓުތަކުން ބުނެފައިވެއެވެ.
އޭގެ އިތުރުން ކާޒިމްއާ ދިމާލަށް އެމީހުން ހަޑި ހުތުރު އެއްޗެހި ވެސް ކިޔައި ހެދިކަމަށް ރިޕޯޓުތަކުން ބުނެއެވެ.
އިންޑިއާގައި މުސްލިމުންނަށް މިފަދައިން އަނިޔާ ކުރަމުން ދިޔުމަކީ، ފުރަތަމަ ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް ހައްލެއް ލިބިފައި ނުވާ ހިތާމަވެރި ކަމެކެވެ. އަދި މިއީ އިންޑިއާގައި ވަރަށް ގިނައިން ވަމުން އަންނަ ކަމެއްކަން ވެސް ރިޕޯޓުތަކުން ހާމަވެއެވެ. އެގޮތުން މިދިޔަ ހަފްތާގެ ބުދަ ދުވަހު ވެސް ވަނީ މިފަދަ ހާދިސާއެއް ހިނގައިފައެވެ. އުއްތަރު ޕްރަދޭޝްގައި ހިނގި އެ ހާދިސާގައި ޚުރްޝިދު އަހުމަދު ނަމަކަށް ކިޔާ އުމުރުން ދުވަސްވީ މުސްލިމު ފިރިހެނަކަށް ހިންދޫންތަކެއް ހަމަލާދީ، އޭނާ ވަނީ މަރައިލައިފައެވެ.
މިވަރުގެ މުސްލިމުންނަށް އަނިޔާވެރިވާ މުސްލިމު އަދުއްވު ގައުމަކަށް މުސްލިމުންގެ ނަމުގަތިބެ އަޅުގަޑުމެން މިކުނީސްކުރަނީ ނުވަތަ އެބައެއްގެ ޕަޕެޓުން ތަކަކަށް ވެގެން ވާނުއިން މިތިބައުޅެނީ
މިވަރުގެ ނުލަފަ ބަޔަކަގުލިގެނޮ މިސަރުކަރުމިޔުލެނި މިމުުުއު