އެލްޖީއޭގެ ބޯޑަށް ކަނޑައަޅާ މެމްބަރުންގެ ނަންތައް ކޮމެޓީއަށް

3 ދާއިރާއަކުން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ބޯޑަށް ކަނޑައަޅާ މެމްބަރުންގެ ނަންތައް ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީއަށް ފޮނުވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ތިން ދާއިރާއަކުން މެންބަރުން ކަނޑައެޅުމަށް 5 ބޭފުޅުންގެ ނަން ފޮނުވައިފައެވެ. އޭގެ ތެރޭގައި ހިމެނެނީ އަޒްހާ ޒަމީރު/ މ.ލިލީޒް، އައިމިނަތު އަލީ/ ދަފްތަރު ނަންބަރު 2874، ފާތިމަތު ނިއުމާ/ ގަލޮޅު ހިމަލިޔާގެ، ފާތިމަތު ޒީނާ އަލީ/ ހ.ރައިޒިން ސަން އަދި އައިޝަތު ޝީޒާ/ ޝާޒީބިން، ބ.ކެންދޫ އެވެ.
އެލްޖީއޭ ބޯޑަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ 3 ދާއިރާގެ ތެރޭގައި ހިމެނެނީ ޖެންޑަރ އިކުއަލިޓީގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ އަންހެން ކަނބަލަކާއި، ގަވަރނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ތަޖްރިބާ ލިބިފައިވާ މެންބަރެއްގެ އިތުރުން މަދަނީ ޖަމްޢިއްޔާއެއްގެ މެންބަރެކެވެ.