ޚަބަރު

ފައްސިވާ ރޭޓް މަތިވެއްޖެނަމަ 7ނުވަތަ 14 ދުވަހަށް ކަރަންޓީން ވާން ޖެހޭނެ!

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

މާލެއިން ރަށްރަށަށް ދަތުރު ކުރާ ފަރާތްތަކަށް މި ވަގުތު ކަރަންޓީންވާން ނުޖެހުނު ކަމުގައި ވިޔަސް މާލޭއިން ކޮވިޑަށ ފައްސިވާ ރޭޓް މަތިވެއްޖެ ނަމަ ކަރަންޓީންވާން ޖެހޭނެ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

Ads by MWSC

ކޮވިޑް-19ގެ ސަބަބުން އަޅައިފައިވާ ފިޔަވަޅުތަކަށް ދިން ލުއި ހާމަކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، މިވަގުތު މާލޭގެ ފައްސިވާ ރޭޓް ހުރީ ފަސް އިންސައްތައަށް ވުރެ ދަށުގައި ކަމަށާއި މިހާލަތުގައި ވެކްސިން ޖަހާ 14 ދުވަސް ވެފައިވާ ފަރާތްތައް،  ނައްސި ޕީސީއާރ ޓެސްޓެއް އޮތް ނަމަ ކަރަންޓީން ވުމަކާ ނުލާ ދަތުރު ކުރެވޭނެ ކަމަށެވެ. އެހެން ނަމަވެސް ފައްސިވާ ރޭޓް ފަސް ޕަސެންޓާއި ދިހަ ޕަސެންޓާ ދެމެދު ހުންނަ ކަމުގައިވާ ނަމަ 7 ދުވަސް ކަަރަންޓީންގައި ފުރިހަމަ ކުރަން ޖެހޭނެ ކަމަށާއި 10 ޕަސެންޓަށްވުރެ މަތިވާ ނަމަ 14 ދުވަހު ކަރަންޓީން ފުރިހަމަ ކުރަން ޖެހޭނެ ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.

މީގެ އިތުރުން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، ބޭރު ޤައުމުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިން 96 ގަޑިއިރު ވެފައި ނުވާ ނައްސި ޕީސީއާރް ޓެސްޓެއް ގެންނަން ވާނެ ކަމަށެވެ.

"96 ގަޑިއިރު ނުވާ ޕީސީއާރް ޓެސްޓެއް ގެންނައިރު، އެ ބޭފުޅުން 7 ދުވަހަށް ކަރަންޓީނު ވާން ޖެހޭނެ. ވެކްސިންގެ ދެ ޑޯޒް ޖެހުމަށް ފަހު 14 ދުވަސް ފުރިހަމަ ކޮށްފައިވާ ނަމަ 7 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރަން ޖެހޭނެ  އަދި އެ މުއްދަތު ފުރިހަމަ ކުރުމަށް ފަހު ރިލީސް ސާމްޕަލެއް ވެސް އެބޭފުޅުން ނަންގަވަން ޖެހޭނެ" މަބްރޫކް ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް އޮފީހުގެ ތަރުޖަމާނު ވިދާޅުވީ އިންޓަނޭޝަނަލް ޓްރެވެލާސްއަކީ ދިވެހިން އެކަނި ނޫން ކަމަށާއި ވެކްސިންގެ ގޮތުގައި ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ބަލައިގަންނާނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ޤަބޫލުކޮށްފައިވާ ވެކްސިންތައް ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!