ދުނިޔެ

އަމިއްލައަށް ކޮނުނު އަނދަވަޅަށް ވެއްޓި ބޮޑެތި ޒަޚަމްތަކެއް

ރައުފާ ރަޝީދު ، ދެން އޮންލައިން

އިންގްލޭންޑްގެ ބީޗެއްގައި މޫދަށް އެރެން ގޮސް އުޅުނު މީހަކު އަމިއްލަޔަށް ކޮނުނު ވަޅުގަނޑަކަށް ވެއްޓި ޒަހަމަތަކެއް ވެއްޖެއެވެ.

Ads by Sosun Fihaara

ބޭރުގެ ޚަބަރުތައް ބުނާ ގޮތުން އުމުރުން 18 އަހަރުގެ އެ ކުއްޖާ އާދައިގެމަތިން އެދުވަހު މޫދަށް އެރެން ގޮސް އުޅުނީ އާއިލާއާއެކުއެވެ. އަދި އޭނާ އެ ވަޅުގަނޑު ކޮންނަން ފެށީ މަޖަލަކަށެވެ. އެހެން ނަމަވެސް އެ ވަޅުގަނޑު ކޮންނަން އުޅުމުގެ ތެރޭގައި އެ ވަޅުގަނޑަށް ވެއްޓުނީ ކަމަށެވެ.

އެ ވަޅުގަނޑަކީ ފުން ވަޅުގަނޑެއް ކަމުން އަމިއްލަޔަށް ސަލާމަތްވާން އުނދަގޫ ވިކަމަށް ޚަބަރުތައް ބުނެއެވެ. އެއާ އެކު ނޭވާލާން އުނދަގޫވެ އެކި ޒަހަމްތައް ލިބުނެވެ. މި މަންޒަރު ފެނުނީ އެ ސަރަހައްދުގައި ހަރަކާތްތެރިވި ކޯސްޓްގާޑް އޮފިސަރުންތަކަކަށެވެ. އެއާއެކު އެމަޖެންސީ ސާވިސްއަށް ގުޅައި ގެނައުމަށް ފަހު އެ ކުއްޖާ ސަލާމަތްކުރުމަށް މަސައްކަތް ފެށުނެވެ.

އެ ސަރަހައްދުގައި މޫދަށް އެރެން ގޮސް ތިބި ގިނަމީހުންގެ އެހީއާ އެކު އެ ވަޅުގަނޑުން ކުއްޖާ ނެގޭތޯ މަސައްކަތް ފެށުނެވެ. އޭގެ 30 ވަރަކަށް މިނިޓް ފަހުން ކުއްޖާ ވަޅުގަނޑުން ސަލާމަތްކުރެވުނެވެ. އަދި ވަގުތުން ކައިރި ހޮސްޕިޓަލަކަށް ގެންގޮސް ފަރުވާދެވުނެވެ.

އެ ކުއްޖާ ވެސް އޭގެ ފަހުން ވަނީ އެގޮތަށް މަޖަލަކަށް ނަމަވެސް ވަޅު ނުކޮންނަން އާންމުންނަށް އިލްތިމާސްކޮށްފައެވެ.

Ads by HDC
  1. ޢަލީ

    މިރާއްޖޭގެ ގިނަރައްޔިތުން ތިބީހަމައިގަކަން އެނގޭނީ 2023 އިންތިހާބު ނިމުމުން ކަމެއް ނުކުރެވޭ އިސްލާމްދީނާ ދެކޮޅު ބަޔަކަށް ޖާގަ ދީފިނަމަ އެއިންދޭހަވާނީ ވަރަށް ބޮޑު އެއްޗެއް