ޚަބަރު

އެއާޕޯޓް ތަރައްގީއަށް ކުވޭތު ފަންޑުން 50މިލިއަން ޑޮލަރުގެ ލޯނެއް ނަގައިފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރަން ކުވޭތު ފަންޑުން 50 މިލިއަން ޑޮލަރުގެ ލޯނެއް ދިވެހި ދައުލަތުން ނަގައިފިއެވެ.

Ads by MWSC

އެއާރޕޯޓް ތަރައްގީ ކުރަން 800 މިލިއަން ޑޮލަރު ހަރަދު ކުރަން ވަނީ ހަމަޖެހިފައެވެ. މިއީ ރާއްޖޭގައި މިހާތަނަށް ހިނގާ މި ފަދަ އެންމެ ބިޔަ މަޝްރޫއެވެ.

ކުވައިތު ފަންޑުން 50 މިލިއަން ޑޮލަރުގެ ލޯނު ދިވެހި ދައުލަތަށް ދިނުމުގެ އެއްބަސްވުމުގައި ކުވައިތު ފަންޑުގެ ފަރާތުން ސޮއިކުރެއްވީ އެފަންޑުގެ ޑެޕިއުޓީ ޑައިރެކްޓާ ޖެނެރަލް ފޯ އެޑްމިން އެންޑް ފައިނޭންސް އެފެއާޒް ނަދާލް އޭ އަލް-އޮލާޔަންއެވެ. އަދި ދިވެހި ސަރުކާރުގެ ފަރާތުން މިއެއްބަސްވުމުގައި ސޮއި ކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ.

އެއާރޕޯޓް ތަރައްގީ ކުރުމުގެ މި ޕްރޮޖެކްޓްގެ ސައްކަތްކުރަނީ ސައުދީގެ ބިންލާދިން ކުންފުންޏާ ހަވާލުކޮށްގެންނެވެ. މި ޕްރޮޖެކްޓްގައި އެއާޕޯޓު ޕްރޮޖެކްޓްގެ ދަށުން އާ ރަންވޭއާއި ޕެސެންޖާ ޓާމިނަލް، ސީ ޕްލޭން ޓާމިނަލް އަދި ކާގޯ ކޮމްޕްލެކްސްއެއްގެ އިތުރުން ފިއުލް ފާމެއް ހަދާނެއެވެ. މީގެ ތެރެއިން  3،400 މީޓަރު ދިގު، 60 މީޓަރު ފުޅާ އާ ރަންވޭގެ މަސައްކަތް ވަނީ ނިންމައިފައެވެ. އަދި ފިއުލް ފާމާއި ސީ ޕްލޭން ޓާމިނަލްއާއި އާ ޓާމިނަލްއާއި ކާގޯ ކޮމްޕްލެކްސްގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!