ރިޕޯޓް

އުމުރުން 09 އަހަރުގެ އަލްސަން ކޮންނަން މޮޅު، ބައްޕަ ގާތުގައި ބުނީ ތިމަންނަ ކޮނެެދީފާނަމޭ!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

މީގެ ދެތިން ދުވަހެއް ކުރިން ފޭސްބުކުގައި އާންމުވި ވީޑިއޯއަކީ ކުޑަކުޑަ ކުއްޖަކު އެކްސްކަވޭޓަރަކުން ކޮންނަ މަންޒަރު ދައްކުވައިދޭ ވީޑިއޯއެކެވެ. އެ ވީޑިއޯއަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނުއިރު އެހާ ކުޑަކުއްޖެއްގެ ފަރާތުން އެވަރުގެ ހުނަރުވެރިކަމެއް ފެނުމުން އެތައް ބަޔަކު ތިބީ އާޝޯހުވެފައެވެ.

މިކަމާ ގުޅިގެން “ދެން”އާ ވާހަަކަ ދައްކަމުން އަލްސަންގެ ބައްޕަ އާސިފް ބުނީ އޭނާއަކީ ފުވައްމުލަކު ސިޓީގެ ދޫޑިގަން އަވަށުގައި ތަރައްގީ ކުރާ ފުޓުބޯޅަ ދަނޑުގައި އެކްސްކަވޭޓަރު އޮޕަރޭޓް ކުރަން އުޅޭ މީހެއް ކަމަށެވެ. އަދި އަލްސަން ވެސް އޭނާގެ މަންމައާ އެކު އެތަނަށް ދާ ކަމުގައި އޭނާ ކިޔައިދިނެވެ.

އާސިފް ބުނީ މީގެ ދެތިން ދުވަހެއް ކުރިން އަލްސަން އޭނާގެ މަންމައާ އެކު ދަނޑު ކޮންނަ ސަރަހައްދަށް ދިޔަ ކަމަށާއި އެތަނަށް ދިއުމަށްފަހު އާސިފް އެކްސްކަވޭޓަރުން ކޮންނަ މަންޒަރު ބަލަން ވަރަށް ޝައުގުވެރިކަމާ އެކު އަލްސަން ހުރި ކަމަށެވެ. އަދި ކޮންނަ ގޮތާ ބެހޭ ގޮތުން ބައެއް ސުވާލުތައް އޭނާގެ ގާތުގައި ދަރިފުޅު ކުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އެގޮތަށް ބަލަހައްޓައިގެން ހުރުމަަށް ފަހު އޭނާގެ އަތަށް ކޮންނަން ދިނުމަށް އަލްސަން އެދުނު ކަމުގައި އާސިފް ކިޔައިދިނެވެ.

”ބައްޕަ ފައިބާށޭ އަލްސަން ތިތަން ކޮނެލަފާނަމޭ ބުނީ. ދެން އަޅުގަނޑު އެހިން އަލްސަންއަށް ކޮނެވޭނެހޭ، ބުނީމަ ބުނި އާއެކޭ ބައްޕަ ފައިބާށޭ ތިމަންނަ ކޮނެލަފާނަމޭ” އާސިފް ކިޔައިދިނެވެ.

އެހެން ބުނުމަށް ފަހު އަލްސަން އެކްސްކަވޭޓަރަށް އަރައި އޮޕަރޭޓް ކުރަން ފެށިއެވެ. އެންމެ ފުރަތަމަ އާސިފް ދިނީ ވެސް އެކްސްކަވޭޓިން ލެވެލް ދަށް ކޮށްފައެވެ. ނަމަވެސް ވަރަށް ފަރިތަކަމާ އެކު އަލްސަން ވަނީ އެ ތަން ކޮނެފައެވެ. އަދި ފަހުން އެކްސްކަވޭޓިންގ ލެވެލް މަތިކޮށްގެން ވެސް އޭނާ ވަނީ އެތަން ކޮނެފައެވެ.

އާސިފް ބުނީ އަލްސަންއަކީ ވީޑިއޯ ގޭމްތައް ކުޅުމާއި ބައިސްކަލުން ސްޓަންޓު ހެދުމަށް ވަރަށް ޝައުގުވެރިވާ ކުއްޖެއް ކަމަށެވެ. އަދި މިހާރު ކޮންމެ ދުވަހަކު ވެސް އެކްސްކަވޭޓަރުން ކޮންނަން ދާން ބޭނުންވެގެން އުޅޭ ކަމުގައި ވެސް އޭނާ ކިޔައިދިނެވެ.

Ads by Allied Insurance
  1. މިހާރު އުޅޭ ތިއުމުރުގެ ކުދިން ތިޔަކަހަލަ ކިތައްމެ ކަމެއްވެސް ކުރާނެ ތިޔަކުއްޖާ ނޫނަކަސް . މަމެން ކުޑައިރު ތިޔަ ކަހަލަ ކަންތައް ނޭނގު ނަކަސް

  2. ދިދަ ދަނޑި

    18 އަހަރު ނުފުރެނީސް ލައިސަންސް ނެތި ދުއްވުން މަނާ، ޖޫރިމަނާ ވެސް ކުރޭ.. މޮޅުކަން ދައްކަން ތިކުރީ ވަރަށް ގޯސް ކަމެއް.. އެއްގަމު އުޅަނދެއްގެ ކޮންޓްރޯލް ކުޑަކުއްޖަކަށް ދޫކޮށްލުމުން ބެލެނިވެރިން ކުށްވެރިވާން ޖެހޭނެ.. ހުނަރުވެރި ކުދިން ބައިވަރު.. ކުރިއަށްދާން ފުރުސަތު ނުލިބެނީ..

  3. ޖޫރިމަނާކުރޭ

    ތީޤާނޫނީ ގޮތުން މަނާކަމެއް.. އަލްސަން ބައްޕައާއި ދޭތެރޭ ފިޔަވަޅުއަޅަންޖެހޭނެ.. 18 އަހަރު ނުފުރޭކުދިންގެ އަތަށް ސައިކަލް ދުއްވަންދޭ މީހުންވެސް އެބަ ޖޫރިމަނާކުރޭ.. އަދި ތިއީ ހެވީ ވެހިކަލެއް..

  4. ވޭރަދަނަފުތު

    ކޮމްޕިއުޓަރ މައުސް އަށް ފަރިތަ، ޤަލަމާއި ކުރަހާ ފިހިގަނޑު ގައި ހުނަރާއިއެކު ހިފަން އެނގޭ ކުދިންގެ އަތްތިލަ އާއި އިނގިލިތައް އަދި އިނގިލިތަކުގެ ކުރިޔާއި ހަމައަށް ދަތުރުކުރާ ސިކުނޑީގެ މެސެޖްތައް އަމިއްލަ ކޮންޓްރޯލްގައި ހިފަހައްޓަން ދަންނާނެ. ފަންނީ މީހުންގެ ސިކުނޑިއާއި އަތްފައިގެ ގުޅުމާއި ކޮންޓްރޯލިންގ އާދައާއި ޚިލާފަށް ވަރުގަދަވާނެ.

  5. ހެހެ

    ހާދަ ފޯރިއެއް އެބަ ހުއްޓޭދޯ..