ޚަބަރު

އިނގިރޭސިވިލާތުން އަލީ ވަހީދު ޑީޕޯޓު ކޮށްލަން ޕެޓިޝަނެއް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު އުފުލިފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ހައްޔަރުކޮށް ޔޫކޭއިން ޑީޕޯޓުކޮށްލުމަށް އެދި އެގަމުގެ ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅުމަށް ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފިއެވެ.

Ads by STELCO

"ޗޭންޖް ޑޮޓް އޯގް" ގައި މި ޕެޓިޝަން ފަށައިފަ އިވަނީ ހަސަން ކުރުސީ ނަމަކަށް ކިޔާ މީހެކެވެ. އެ ޕެޓިޝަންގައި މިހާރު ވެސް އެތައް ބަޔަކު ދަނީ ސޮއި ކުރަމުންނެވެ.

ޖިންސީ ގޯނާ ކުރި ކަމުގެ ދައުވާ އުފުލައިފައި ވަނިކޮށް އަލީ ވަހީދު އިނގިރޭސިވިލާތަށް ދިޔައީ ކޯޓުގެ ހުއްދައާ އެކު ބޭސްފަރުވާއަށެވެ.

އަލީ ވަހީދަކީ މީގެ ކުރިން ވެސް ޖިންސީ ގޯނާގެ ތުހުމަތުތައް ކުރެވިފައިވާ ފަރާތެއްކަން ފާހަގަކޮށް، ޕެޓިޝަނުގައި ބުނެފައި ވަނީ އަލީ ވަހީދު ހައްޔަރުކޮށް ވަގުތުން ވަގުތަށް އިނގިރޭސިވިލާތުން ޑީޕޯޓުކޮށްލުމަށް ގޮވާލާ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!