ދުނިޔެ

ވަޅަށް ވެއްޓުނު ކުއްޖަކު ސަލާމަތްކުރަން އުޅެނިކޮށް 40 މީހުން އެ ވަޅަށް ވެއްޓިއްޖެ

ރައުފާ ރަޝީދު ، ދެން އޮންލައިން

ލަލްޕައްތަރު ކިޔާ އިންޑިއާގެ ވިލެޖެއްގައި ހުރި ވަޅަކަށް 10 އަހަރުގެ ކުއްޖަކު ވެއްޓި އެ ކުއްޖާ ސަލާމަތްކުރަން އުޅެނިކޮށް އެ ވަޅުގަނޑު ކައިރިއަށް އެއްވެ ތިބި 40 މީހުން އެ ކުއްޖާ ވެއްޓުނު ވަޅުގަނޑަށް ވެއްޓިއްޖެއެވެ.

Ads by Sosun Fihaara

ރިޕޯޓުތައް ބުނާގޮތުން އެ ވަޅުގަނޑަށް ފުރަތަމަަ ވެއްޓުނު ކުއްޖާ ސަލާމަތް ކުރެވުނީ އެންމެ ފަހުންނެވެ. އެ 40 މީހުންގެ އިތުރުން އެ ކުއްޖާ ނަގަން އެ ވަޅުގަނޑު ކައިރިއަށް ގެންދިޔަ ފެން ހިންދާ ޓްރެކްޓަރ ވެސް ވަނީ އެ ވަޅުގަނޑަށް ވެއްޓިފައެވެ. އަދި މި ހާދިސާގައި 9 މީހުން ވަނީ މަރުވެފައެވެ.

އެ ވިލެޖު މީހުން ބުނި ގޮތުގައި މި ހާދިސާ ދިމާވާން މެދުވެރިވީ ސަރުކާރުގެ އިހުމާލުންނެވެ. އެގޮތުން އެ ވަޅަކީ އެ ވިލެޖުގެ 700 އާއިލާއެއް ފެން ނަގާ ވަޅެއް ކަމަށާއި އެ ސަރަހައްދުގެ ހާލަތު ގޯސް ކަމަށެވެ. އަދި އެ ވަޅުގެ ވަށައިގެން އަޅައިފައިވާ ފާރު ވެސް ބޮޑުބައި ހަލާކުވެ، ބަލިވެފައި ހުރުމުން ކަމާ ބެހޭ ފަރާތްތަކަށް އަންގައިފައި ވާނެ ކަމަށް ވެސް އެ އަވަށުގެ މީހުން ބުނެއެވެ.

އެ ސްޓޭޓްގެ ޕްރައިމް މިނިސްޓަރުގެ އޮފީހުން ކުރެއްވި ޓްވީޓެއްގައި ބުނެފައި ވަނީ އެ ހާދިސާގައި މަރުވި އެންމެންގެ އާއިލާއަށް އެހީވުމުގެ ގޮތުން 2 ލައްކަ ރުޕީސް ކޮންމެ އާއިލާއަކަށް ދޭން ނިންމައިފައިވާކަމަށެވެ.

  1. އިންޑިެާ ސަރުކާރުން އަލާއެށް ނުލާނެއް އާމުންނާއިދޭތެރެ