އެމެރިކާ ދުނިޔެ

މިއަދު 6 ޖަހާއިރު ބެޒޯސް ޖައްވަށް

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ދުނިޔޭގެ މުއްސަދި މީހުންގެ ލިސްޓުގެ އެންމެ ކުރީގައި ހިމެނޭ ޖެފް ބެޒޯސް ޖައްވަށް ކުރާ ދަތުރުގައި މިއަދު 6 ޖަހާއިރު އުދުއްސާލާނެއެވެ.

Ads by Sosun Fihaara

މިއާއެކު އޭނާ ވެގެންދާނީ ޖައްވަށް ދިޔަ ދެވަނަ މަހުޖަނަށެވެ.

ވިޔަފާރި އުސޫލުން މީހުން ޖައްވަށް ފޮނުވައި ދިނުމުގެ ޚިދުމަތް ފެށުމަށް މަސައްކަތް ކުރަމުން އަންނަ ބެޒޯސް ޖައްވަށް ދަތުުރު ކުރާނީ އޭނާގެ އަމިއްލަ ކުންފުންޏެއްކަމަށްވާ ބްލޫ އޮރިޖިންއިން އުފައްދައިފައިވާ ނިއު ޝެފާޑް ރޮކެޓްގައެވެ. އޭނާ ޖައްވަށް ކުރާ ދަތުރުގައި ޖައްވުގައި 11 މިނެޓް ހޭދަ ކުރާނެއެވެ. އޭނާ ޖައްވަށް ދަތުރު ކުރާނީ ޓެކްސެސްގެ ހަނަފަސް ސަހަރާއަކުންނެވެ.

ބެޒޯސްގެ މިދަތުރުގައި އޭނާގެ އިތުރުން ހަތަރު މީހަކު ބައިވެރިވެއެވެ. އެއީ އޭނާގެ ބޭބެ މާކް ބެޒޯސްއާއި އުމުރުން 82 އަހަރު ވެފައިވާ، ޖައްވާ ބެހޭ ކަންކަމުގެ ތަޖުރިބާކާރަކާއި 18 އަހަރުގެ ކިޔަވާ ކުއްޖެކެވެ.

މީގެ 9 ދުވަސް ކުރިން މަހުޖަނެއް ކަމަށްވާ ރިޗާޑް ބްރެންސަން ވެސް ޖައްވަށް ދަތުރުކޮށްފައެވެ. އެހެން ނަމަވެސް ޖެފް ވަނީ ރިޗާޑަށް ވުރެ 100 ކިލޯ މީޓަރު މައްޗަށް އަރާނެކަން ހާމަކޮށްފައެވެ. އަދި ޖެފް ދަތުރު ކުރާ ރޮކެޓް ވެގެންދާނީ ޕައިލެޓަކާ ނުލައި އާއްމުންނާ އެކު ދަތުރު ކުރާ ފުރަތަމަ ފްލައިޓަށެވެ.

"އެއްވެސް ވަރަކަށް ހާހެއް ނުވޭ. ވާގޮތެއް އެނގޭނީ ދަތުރު ފެށީމަ. ވެހިކަލް އޮތީ ތައްޔާރަށް، ޓީމް ވެސް ތައްޔާރު، ވަރަށް ކެތް މަދުވެފައި މިހުރިީ" އިއްޔެ ބެޒޯސް ދިން އިންޓަވިއުއެއްގައި ބުނެފައިވެއެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!