ޚަބަރު

ހިޔާ ފްލެޓުގެ ފިނިޝިންގަށް މަދުވެގެން 9 މަސް ދުވަސް ދޭން ޖެހޭ: މޭޔަރު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ފިނިޝިންގެ މަސައްކަތަށް މަދުވެގެން ނުވަ މަސް ދުވަސް ދިނުމަށް މާލެ ސިޓީ ކައުންސިލުން ސަރުކާރުގައި އެދޭ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކުރީ ސަރުކާރުން ތަރައްޤީ ކުރި ހިޔާ ފްލެޓުތައް ހަވާލު ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފައެވެ. އަދި އެ ފްލެޓްތަކުގެ ފިނިޝިންގެ މަސައްކަތްތައް ނިންމާ ފްލެޓްތަކުގައި ދިރިއުޅެން ފެށެންދެން ކުލި ދެއްކުން މަޑުޖައްސާލުމަށް ވަނީ ނިންމައިފައެވެ.

ހިޔާ ފްލެޓުތަކުގެ ފިނިޝިންގެ މަސައްކަތަށް އެޗްޑީސީން ދޭން ނިންމައިފައި ވަނީ ތިން މަހެވެ. އަދި އެ މުއްދަތު ގުނަން ފަށާ ތާރީހެއް ވަަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށް ވެސް އެޗްޑީސީން ބުނެފައިވެއެވެ.

އެކަމާ ގުޅިގެން މާލެ ސިޓީގެ މޭޔަރު ވަނީ، އެ މަސައްކަތަށް އެޗްޑީސީން ނިންމި މުއްދަތު އިތުރު ނުކުރާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

"ރައްޔިތުންގެ އާދޭހަށް މިހާ ބީރު ކަންފަތެއް މި ދެނީ ކީއްވެބާ" ޑރ. މުއިއްޒު ވިދާޅުވިއެވެ.

އެކަމަށް ރަސްމީކޮށް ލިޔުމުން ވެސް އެދިފައިވާ ކަމަށާއި ނަމަވެސް މިހާތަނަށް ވެސް ޚަބަރެއް ނެތް ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.

  1. ކަނބުލޮ

    ޑރ. މުއިއްޒުއާ ޖައްސައިލައިފަ ހުންނާތީ ހަމަ އެކަން ނުކޮށްދޭންވެގެން އުޅެނީ. އެކަމުން ފައިދާވާނީ މުއިއްޒަކަށް ނޫން. ނިކަމެތި ރައްޔިތުންނަށް. ދެން މުއިއްޒުއާ ޖައްސާލައިގެން އުޅުމުގެ މާނައެއް ނެތް.