ޗައިނާގައި ފެންބޮޑުވުން: ޕަސިންޖަރުންތަކެއް ރޭލެއްގައި ތާށިވެފައި

ޗައިނާގައި ދުއްވާފައި ދިޔަ ރޭލެއް ފެންބޮޑުވުމުގެ ސަބަބުން ހުއްޓި، އޭގައި ތިބި ޕަސިންޖަރުން ބަހުގައި ތާށިވެއްޖެއެވެ.
ރިޕޯޓުތަކުން ބުނާ ގޮތުގައި ރޭލުގައި ތިބި ޕަސިންޖަރުންގެ އުނަގަނޑަށްވުރެ މައްޗަށް ވަނީ ފެންގަނޑު އަރައިފައެވެ. އަދި އެމީހުން ސަލާމަތް ކުރުމަށް މިހާރު ވަނީ އޮޕަރޭޝަނެއް ފަށައިފައެވެ.
ޒެންގްޒޫއިން ދަތުރު ކުރި އެ ޕަސިންޖަރުން، ފެންގަނޑުގައި ތާށިވީ މިދިޔަ އަންގާރަ ދުވަހުއެވެ.
ޗައިނާގެ ހެނަން ޕްރޮވިންސްގައި މި ފަހަކަށް އައިސް ދަނީ މޫސުން ގޯސްވެ ފެންބޮޑުވަމުންނެވެ. އެ ޤައުމުގެ ދައުލަތުގެ މީޑިއާ އޮފިޝަލު ވިދާޅުވީ މި ފެންބޮޑުވުމުގެ ސަބަބުން އެކަކު މަރުވެ ދެ މީހަކު ވަނީ ގެއްލިފައެވެ.