ޚަބަރު

ރައީސް ނަޝީދުގެ ފުރަތަމަ ވީޑިއޯ އިންޓަވިއު އިންޑިއާގެ ޗެނަލްއަކަށް، ވިދާޅުވީ އިދިކޮޅު ވެސް އިންޑިއާއާ އެކު މަސައްކަތް ކުރަން ޖެހޭ ކަމަށް

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކުން އިންޑިއާއެކު މަސައްކަތް ކުރުމަށް، މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ގޮވައިލައްވައިފިއެވެ.

Ads by Hajj Corporation

އެމަނިކުފާނު މިފަދައިން ގޮވައިލެއްވީ މެއި ހަވަނަ ދުވަހު ކުރިމަތިވި ނިރުބަވެރި ހަމަލާއަށް ފަހު ޓީވީ ޗެނަލްއަކަށް ދިން ފުރަތަމަ ވީޑިއޯ އިންޓަވިއުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި އިންޓަވިއުގައި ރައީސް ނަޝީދު ވަނީ އިންޑިއާއަށް ވަރަށް ބޮޑަށް ތަޢުރީފްކުރައްވައިފައެވެ.

ޝިދާތް ޝިބާލްއާއެކު ވިއޯން މީޑިއާއަށް ދެއްވި ވީޑިއޯ މި އިންޓަވިއުގައި ނަޝީދު ވިދާޅުވީ، "އިންޑިއާ ފަސްޓް ޕޮލިސީ"އަށް ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީއަކުން ވެސް އިސްކަމެއް ދޭން ޖެހޭ ކަމަށެވެ. އަދި އިދިކޮޅުން ވެސް އަވައްޓެރި އިންޑިއާއާ އެކު ޚާއްސަ ގުޅުމެއް ބާއްވަވަން މުހިންމު ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. ޗައިނާއަށް އިޝާރާތް ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ، ކުރީގެ ސަރުކާރުން ޗައިނާއިން ނަގައިފައިވާ ލޯނުތައް ދެއްކުމަށް ވަރަށް ދަތި ކަމަށާއި އަދި ލޯނުގެ ސްޓްރަކްޗަރ ބަދަލުކޮށްދޭން އެދުމުން ޗައިނާއިން އެކަންކޮށްދީފައި ނުވާ ކަމަށެވެ.

ޗައިނާގެ ބާރު ރާއްޖެއިން ކުޑަ ކުރަން ކުރައްވަނީ ކޮން މަސައްކަތެއްތޯ ސުވާލު ކުރުމުން ރައީސް ނަޝީދު ވިދާޅުވީ، ފުރަތަމަ ކަމަކަށް ކުރި ކަމަކީ ރާއްޖޭގެ ދަރަނިި އޮތްނެތް ގޮތް ބެލުން ކަމަށެވެ. މިގޮތުން ޗައިނާގެ ކުންފުނިތަކާއި، ބޭންކްތަކާއި ޗައިނާގެ ސަރުކާރަށް ދައްކަން ޖެހޭ ލޯނުތައް ބަލައިފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ލޯނުތައް ދައްކާ ގޮތް ބަދަލު ކުރަން ޗައިނާއަށް ހުށަހެޅި ކަމަށާއި އެހެން ނަމަވެސް އެކަން ނުކޮށްދިން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ޗައިނާއަށް ދަރައިފައިވުމުގެ ސަބަބުން އިތުރު ޕްރޮޖެކްޓްތައް ހިންގަން އުނދަގޫވާ ކަމަށާއި ދަރަނި އަދާ ކުރަން ވަރަށް ބޮޑަށް އުނދަގޫ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ މިއީ އިދިކޮޅު ޕީޕީއެމްއިން ވެސް އެއް މޭޒަކަށް އައިސް އިންޑިއާ އެކު މަސައްކަތް ކުރަން ޖެހޭނެ ވަގުތު ކަމަށެވެ. އަދި މިއީ ހުރިހާ ޕާޓީއަކަށް އެއް ގަލަކަށް އަރައި މަސައްކަތް ކުރެވޭނެ އަދި ކުރަން ޖެހޭ ކަމެއް ކަަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ޕީޕީއެމްއިން އިންޑިއާއަށް ތާޢީދު ކުރަން ރައީސް ނަޝީދު ގޮވައިލެއްވިއިރު، އިދިކޮޅު ފަރާތްތަކުން އެކި ޕޯޑިއަމްތަކުގައި އިންޑިއާގެ އަސްކަރިއްޔާ ރާއްޖެއިން ބޭލުމަށް ދަނީ ގޮވައިލަމުންނެވެ.

Ads by Allied Insurance
  1. ކަނބުލޮ

    މީނަ މިއުޅެނީ އަމިއްލަޔަށް ޕްރައިމްމިނިސްޓަރ އަކަށްވެގެން … ބުއްދި ސަލާމަތުން ހުރިހެނެއް ހިޔެއްނުވޭ.

    • ބިރުބޮޑު

      މިހާރުވެސް މަޖުލިސްތެރޭގައި ހިންގަނީ ބަރުލަމާނީގެ ވެރިކަމެއްވަރަށްސާފް

    • އަހުމަދު

      މީ ޤައުމައްހުރި ނުރައްކަލެއް، ވެރިކަންހޯދަން އިންޑިއާގެ ގޮޑި ކޮށްކޮ އަކަށްވެފަމިހާރު އެ ހުރީ

  2. ރާއަލިފް

    އޭނ… އިންޑިއާއެކު އެއްމޭޒޭ ޕޮލިސީއޭ އިދިކޮޅޭ ކޯއްޗެކޭ ތިކިޔަނީ! ހީކުރީ ކީކޭ ކަމަށްތޯ! ފަހަތަށް ޖެހޭނެކަމަށްތޯ؟

  3. ޖާނޭ

    މިއީ ފަހުގެ ތާރީޚުގައި ދުއް 9 ވަނަ ހަސަން ރަސްގެފާނު. ކޮސްނުގޮވާ. ކުރިންވެސް މިރާއްޖެއަކީ މިނިވަން ދައުލަތެއް. ދެންވެސް ރާއްޖެ އޮންނާނީ، ﷲގެ ރަހްމަތާއެކު، އިސްލާމީ މިނިވަން ދައުލަތެއްގެ ގޮތުގައި. އަގަ ގަދަ ނުކުރޭ. އަގަ ހައްދު ޖަހަން ސަރުކާރަށް މަޖުބޫރު ނުކުރޭ.

  4. ޖާނޭ

    ތިޔަ ހުރިހާމަސައްކަތަކީވެސް ސްލޯލިހްގެ ދާއީދު ކުޑަކަމުން އެކަން ރަގަޅު ކުރަން ޖަހާމަޅި. އިތުރު ބޭކާރު ވާހަކަ ދެއްކުމެއް ނެތް. ތިބާއަށް ފެންނަ މަގަކުން ތިބާ ދަތުރު ކުރޭ. އެހެން ޕާރޓީ ތަކުން ކަން ކުރަން ޖެހޭ ގޮތް ކުޔައިދޭނެ ކަމެއް ނެތް. ނުވެސް އަހާނަން. ނުވެސް ހެއްލޭނަން. މޯދީ ސަރުކާރާ ކަލޭގެ ސަރުކާރު މިލްޖުލްވެގެން އުޅޭކަށް މިރާއްޖެއަކު ޖާގައެއް ނެތް.

  5. ޖިހާދު

    ނަސީދުއަކީ މިގައުމު ފަސާދަކޮށް ސުންނާފަތި ކުރަންއުޅޭމީހެއް މީނަޔަ ހީވަނީ ދިވެހިންނަކީ މީނަގެ އަޅުންކަމަ އެހެނެ ނުވާނެ ނަސީދުގެ ބޭނުމަކީ ވެރިކަމާ ބާރުހޯދުން ނަމަނަމަ މީނަޔަ ދެންވެރިކަން ދީގެންނުވާނެެ…..