އެމެރިކާ

ވަރަށް މަދުން ނޫނީ ނުފެންނަ ބައްޔެއް އެމެރިކާގައި ފެތުރިފައިވާ ކަމުގެ ބިރު ބޮޑުވެ، ޓެސްޓް ކުރަނީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ވަރަށް މަދުން ނޫނީ ނުފެންނަ ބައްޔެއް އެމެރިކާގައި ފެތުރިފައިވާ ކަމުގެ ބިރު ބޮޑުވެ، ބައްޔަށް އިންފެކްޓުވެފައިވާ މީހުން ހޯދުމަށް ގިނަ އަދަދެއްގެ ބަޔަކު ޓެސްޓު ކޮށްފިއެވެ.

ރިޕޯޓުތަކުން ބުނާ ގޮތުގައި "މަންކީ ޕޮކްސް" ނަމަކަށް ކިޔާ އެ ބަލި ފެތުރިފައިވާ ކަމުގެ ބިރަށް، އެމެރިކާގެ 27 ސްޓޭޓަކުން ޖުމްލަ 200އަށްވުރެ ގިނަ މީހުން މިހާރު ވަނީ ޓެސްޓު ކޮށްފައެވެ.

"މަންކީޕޮކްސް" އެމެރިކާގައި ފެތުރެން ފަށައިފައިވާ ކަމަށް ބެލެވިފައި ވަނީ، ޓެކްސަސްއިން އެމެރިކާއަށް މިދިޔަ މަހު ދިޔަ މީހެއްގެ ގައިން މި ބަލި ފެނުމުންނެވެ.

އެ މީހާއަށް ފަރުވާ ދިނީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ކަމަށާއި މިހާރު އޭނާގެ ހާލު ރަނގަޅުކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް އޭނާގެ ގައިން އިތުރު ބަޔަކަށް މި ބަލި ފެތުރިފައިވޭތޯ ބެލުމަށް މިހާރު ދަނީ ޓެސްޓު ކުރަމުންނެވެ.

ސެންޓަރ ފޮ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ)އިން ބުނެފައިވަނީ، ނައިޖީރިއާ އިން އެމެރިކާއަށް ދިޔަ އެ މީހާ ދެ ފްލައިޓެއްގައި ދަތުރުކޮށްފައިވާތީ އެ ދެ ފްލައިޓުގައި ތިބި މީހުން ވެސް ޓެސްޓު ކުރަމުންދާ ކަމަށެވެ.

"މަންކީޕޮކްސް" އަކީ ވަރަށް މަދުން ނޫނީ ނުފެންނަ ބައްޔެކެވެ. ސްމޯލްޕޮކްސްއާ އެއްގޮތް ގޮތެއް ހުންނަ މި ބަލީގެ ނުރައްކާ މާ ބޮޑުވާނެ ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.

މަންކީޕޮކްސްގެ އަލާމާތްތަކުގެ ތެރޭގަައި ހިމެނެނީ އެންމެ ފުރަތަމަ ހިމެނެނީ ހުން އައުމާއި، ބޮލުގައި ރިއްސުމާއި، ގައިގެ ތަންތަން ދުޅަވުމުގެ އިތުރުން، ބުރަކަށީގައި ރިއްސުމާއި، މަސްތަކުގައި ރިއްސުމާއި ވަރުބަލިވުމެވެ.

ހުން އައުމަށް ފަހު ގައިގައި ފިއްގަނޑުތަކެއް ނަގަން ފަށާ ކަމަށާއި އެ ފިއްގަނޑުތައް އާންމުކޮށް ނަގާނީ ފައިތިލަ ދަށާއި، އަތުގަައި ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެއެވެ.

ގައިގައި ނަގާ ފިއްގަނޑުތައް ވަރަށް ބޮޑަށް ކަހާނެ ކަމަށާއި އެއަށް ފަހު އަމިއްލައަށް ނެއްޓޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

މަންކީޕޮކްސް އާންމުގޮތެއްގައި ފެނިފައި ވަނީ ދެކުނު އެފްރިކާގެ ރަށްތަކުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!