ޚަބަރު

ފައިޒާގެ އެއް ޑޯޒުން މާ ބޮޑު އަސަރެއް ނުކުރޭ: ދިރާސާ

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ފައިޒާ ވެކްސިންގެ ރަނގަޅަށް މަސައްކަތް ކުރަނީ ދެ ޑޯޒް ފުރިހަމަ ކުރުމުން ކަމަށާއި އެއް ޑޯޒް ފުރިހަމަ ކުރުމުން ހަށިގަނޑުގައި އެންޓިބޮޑީސް ހަރުލާ މިންވަރު މަތީގައި ދެމެހެއްޓޭ ގޮތް ނުވާ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

Ads by STELCO

ޔުނިވަރސިޓީ އޮފް އޮކްސްފޯޑްއިން އިސްނަގައިގެން ކުރި މިދިރާސާގައި ބުނެފައި ވަނީ ފައިޒާ ވެކްސިންގެ އަސަރު އެންމެ ރަނގަޅަށް ކުރަނީ ދެ ޑޯޒް ދެމެދުގައި ހޭދަ ކުރާ ދުވަސްތައް އިތުރުވާނަމައެވެ. އެހެން ނަމަވެސް ފުރަތަމަ ޑޯޒް ޖެހެމުން ވައިރަހުން ރައްކާތެރިކޮށްދޭ އެންޓިބޮޑީސްތައް ހަށިގަނޑުގައި ގިނަ ދުވަހު ނުހުންނަ ކަމަށް މިދިރާސާގައި ބުނެފައިވެއެވެ.

މިދިރާސާގައި ބުނެފައި ވަނީ ފައިޒާ ވެކްސިންގެ ދެ ޑޯޒް ދެމެދުގައި ހޭދަކުރަން އެންމެ ރަނގަޅީ 8 ހަފްތާ ކަމަށެވެ. އެހެން ނަމަވެސް މިއަށްވުރެ ކުރިން ދެ ޑޯޒް ހަމަ ކުރިޔަސް މިހާރު ފެތުރެމުން އަންނަ ޑެލްޓާ ވޭރިއަންޓްއިން ވެސް ސަލާމަތްކޮށްދޭ ކަމަށް ބުނެފައިވެއެވެ.

"އެވްރެޖްކޮށް ބަލާއިރު ދެ ޑޯޒްގެ ދެމެދުގައި މަދު ވަގުތު، މިސާލަކަށް 4 ހަފްތާ ވެފައިވާނަމަ އެންޑިބޮޑީސްގެ ލެވެލް މަދުކަން ފާހަގަކޮށްލެވޭ." މިދިރާސާ ހެދުމުގައި އިސްކޮށް ހަރަކާތްތެރިވި އޮކްފޯޑް ޔުނިވަރސިޓީގެ އިފެކްޝިއަސް ޑިޒީސްގެ ޖޮއިންޓް ޗީފް ސުސާނާ ޑަންޗީ ވިދާޅުވީ، އެންޓިބޮޑީސް މަދު ނަމަވެސް ފައިޒާ ވެކްސިން ޖެހުމުން ވައިރަހުން ރައްކާތެރިކަން ލިބޭނެ ކަމަށެވެ.

މިދިރާސާ ނިންމާލަމުން ބުނެފައި ވަނީ ފައިޒާ ވެކްސިންގެ ދެ ޑޯޒް އަވަހަށް ފުރިހަަމަ ކުރުން މުހިންމު ކަމަށާއި އެހެން ނަމަވެސް ވައިރަސްއަށް ހުށަނޭޅޭ ފަދަ ފަރާތްތައް، މިސާލަކަށް ގޭތެރޭގައި އުޅޭ ފަރާތްތައް ބޮޑަށް ރަނގަޅީ ވެކްސިންގެ ދެ ޑޯޒް ދެމެދުގައި 8 ހަފްތާ ހޭދަކުރުން ކަމަށެވެ. އެހެން ނަމަވެސް ދަތުުރު ކުރާ ފަރާތްތަކާއި މަސަައްކަތަށް ނުކުންނަ ފަރާތްތައް ވީހާވެސް އަވަހަށް ދެ ޑޯޒް ފުރިހަމަ ކުރަން ޖެހޭ ކަމަށާއި ވައިރަހުން ރައްކާތެރިވެވޭނީ ވެކްސިން ފުރިހަމަ ކުރުމުން ކަމަށްވެސް ދިރާސާގައި ބުނެފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!