ކޮވިޑް-19 ސަބަބުން އެންމެ ނާޒުކުވި ހާލަތުގައި ރާއްޖެ ސަލާމަތްކޮށްދިނީ އިންޑިއާއިން: ޖަނާޙް
ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދު އެންމެ ބޮޑަށް ނާޒުކުވި ހާލަތުގައި ރާއްޖެ ސަލާމަތްކޮށްދިނީ އިންޑިއާއިން ކަމަށް ރާއްޖޭގެ ވިޔަފާރިވެރިޔާ މުޙައްމަދު އަލީ ޖަނާޙު ވިދާޅުވެއްޖެއެވެ.
އިންޑިއާގެ ނޫހެއް ކަމަށްވާ "ދަ އިންޑިއަން އެކްސްޕްރެސް"އަށް ދެއްވި އިންޓަވިއުއެއްގައި ޖަނާޙް ވިދާޅުވީ، އުނދަގޫ ދަތި ވަގުތުގައި ރާއްޖޭގެ ޓޫރިޒަމް ކޮޅަށް ޖެހުމަށް އެހީތެރިވީ އިންޑިއާއިން އައި ފަތުރުވެރިން ކަމަށާއި ކުރިޔަށް އޮތް ދުވަސްތަކުގައި އިންޑިއާއިން އަންނަ ފަތުރުވެރިން އިތުރުވެގެން ދާނެ ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށެވެ.
ޖަނާ ވިދާޅުވީ ކޮވިޑްގެ އެންމެ އުނދަގޫ ދަނޑިވަޅުގައި 600،000 ޓޫރިސްޓުން ރާއްޖެ އައި ކަމަށެވެ. އޭގެ ތެރެއިން ގިނަ ފަތުރުވެރިން އައިސްފައިވަނީ އިންޑިއާ އަދި ރަޝިއާއިން ކަމަށްވެސް ޖަނާޙް ވިދާޅުވިއެވެ.
"ކޮވިޑް-19 ކޭސްތައް އިންޑިއާގައި އިތުރުވުމުން އިންޑިއާ އިން ރާއްޖެ ނުދެވޭ ގޮތަށް ބޮޑަރު ބަންދު ކުރި. އެކަމަކު މިހާރު ވަނީ އަނެއްކާވެސް ބޯޑަރު ހުޅުވާލާފައި. ޔަގީންވާ ކަމަކީ އިންޑިއާއިން ރަޝިއާގެ ޓޫރިސްޓު ނަންބަރުތައް ކުރިހޯދާނެ ކަން. ކޮވިޑްގެ އެންމެ އުނދަގޫ ހާލަތުގައި އިންޑިއާ އަދި ރަޝިއާ ރާއްޖޭގެ ޓޫރިޒަމް ސިނާއަތް ސަލާމަތް ކުރަން އަޔޭ ބުނުމަކުން ދޮގަކަށް ނުވާނެ" ޖަނާހް ވިދާޅުވިއެވެ.
ޖަނާޙް ވިދާޅުވީ، ރާއްޖެ އަދި އިންޑިއާގެ ގުޅުމަކީ ވަރަށްވެސް ވަރުގަދަ ގުޅުމެއް ކަމަށާއި މި ގުޅުމުގެ ފައިދާ ވިޔަފާރިވެރިން ނަގަން މިއީ އެންމެ ރަނގަޅު ވަގުތު ކަމަށެވެ.
"އަހަރެމެން މިއީ ހަނގުރާމަ ކުރި ބައެއް ނޫން. މިއީ ދައްތައާއި ބޭބެ ފަދަ ގުޅުމެއް އޮންނަ ދެ ޤައުމު. މިކަމުން ފައިދާ ނަގަން ޖެހޭ. އަހަރެން ބުނަން ބޭނުން ވަނީ ރާއްޖޭގެ އަދި އިންޑިއާގެ ވިޔަފާރިވެރިންނަށް މިއީ އެއް މޭޒަކަށް އައިސް ވިޔަފާރި އިތުރަށް ތަރައްޤީ ކުރުމާ ބެހޭ ގޮތުން ވާހަކަ ދައްކަންވީ ވަގުތޭ" ޖަނާޙް ވިދާޅުވިއެވެ.
އެއްކަލަ ޖަނަރޭޓަރުގަނޑު ހަށި ފޮޅާލާފައި ތެދުވީދޯ. ކޮބައިތަ އެވަރެއް ނެތިގެން އުޅުނު ރައީސް ޔާމީން؟
ޢެއީ އަމިއްލައެދުނބޮޑުކަމުން ހަދާނެން ނުނެތެރާޖެ ައައް ޖެއައްޖެއްސުންކޮއް ޖެއްސިތަކުލީފުތަކެއް އޯކޭ