ޚަބަރު

ރާއްޖެއިން ޗައިނާއާ އެކު ގުޅުން ބޭއްވިޔަސް އިސްކަމެއް ދޭން ޖެހޭނީ އިންޑިއާއަށް: ސަފީރު ސަންޖޭ

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ރާއްޖެއިން ޗައިނާއާ އެކު ގުޅުން ބޭއްވުން އެއީ މައްސަލައެއް ނޫން ކަމަށާއި އެހެން ނަމަވެސް އެންމެ އިސްކަމެއް ދޭން ޖެހޭނީ އިންޑިއާއަށް ކަމަށް އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު ސަންޖޭ ސްދީރް ވިދާޅުވެއްޖެއެވެ.

Ads by STELCO

އިންޑިއާގެ ނޫހެއް ކަމަށްވާ "ދަ ޕްރިންޓް" އަށް ދެއްވި އިންޓަވިއުއެއްގައި ސަންޖޭ ސްދީރު ވިދާޅުވީ، ޤުދުރަތީ ގޮތުން ޜާއްޖެ އޮންނަ ސަރަހައްދުގެ ގޮތުން، އިންޑިއާގެ ކަނޑުގެ ސުލްހަ މަސަލަސް ކަމަށް ރާއްޖެއިން ބޮޑު ރޯލެއް އަދާ ކުރާ ކަމަށެވެ. އަދި ރައީސް ޞާލިޙަށް މިކަން ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށާއި އެހެން ނަމަވެސް ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމް އަމަލު ކުރެއްވީ އެކަމަށް މާބޮޑު ފަރުވާލެއް ނުބަހައްޓަވައި ކަމަށެވެ.

ސަންޖޭ ވިދާޅުވީ، އިންޑިއާގެ ކަނޑުގެ މަސްލަހަތީ އިންޑިއާގެ ވެސް ޒިންމާއެއް ކަމަށާއި މިހެންކަމުން މިސަރަހައްދުގައި އަމަންއަމާންކަން ދެމެހެއްޓުމަށް އިންޑިއާއިން ވެދެވެން އޮތް އެހީއެއް ވެދޭނެ ކަމަށެވެ.

"ރައީސް ޔާމީންގެ ވެރިކަން ނިންމައިލިއިރު ރާއްޖެ އޮތީ ވަރަށް ވެސް ނާޒުކު ހާލަތެއްގައި. ޗައިނާއަށް ދަރާ އޮތްވަރު ނުވެސް އެނގޭ، އެހާ ވެސް ބޮޑު. ސަރުކާރުން ގެރެންޓީ ދީގެން ޕްރައިވެޓް ސެކްޓާތަކުން ވެސް ޗައިނާގެ ބޭންކްތަކުން އޮތީ ލޯން ނަގައިފައި. މިއީ އާންމު އުސޫލެއް ނޫން. ވަރަށް ބޮޑަށް އިޤްތިޞާދު އޮތީ މަސްހުނިވެފައި. އިންޑިއާއިން އެކޮނޮމިކް ޕެކޭޖްތަކެއް ދީ ރާއްޖެއަށް މިދަނީ އެހީތެރިވަމުން" ސަންޖޭ ވިދާޅުވިއެވެ.

ސަންޖޭގެ ވާހަކަފުޅުގައި ވިދާޅުވީ، ޗައިނާއިން ޔާމީންގެ ވެރިކަމުގައި ބޮޑެތި ޕްރޮޖެކްޓްތައް ހިންގި ނަމަވެސް މިހާރު އޮތް ސަރުކާރަށް އެއްވެސް ވަރަކަށް އަޅައި ނުލާ ކަމަށެވެ.

"މިދިޔަ ދޮޅު އަހަރެއްގެ ތެރޭގައި ޗައިނާގެ އެއްވެސް އާ ޕްރޮޖެކްޓެއް ރާއްޖޭގައި ހިނގައިފައެއް ނެތް. މަތީ ފެންވަރުގެ ބޭފުޅުން ރާއްޖެއަށް ޒިޔާރަތްކޮށްފައެއް ނެތް" ސަންޖޭ ވިދާޅުވީ ޗައިނާއަށް ނޫނެކޭ ބުނަން ރާއްޖެއިން ވެސް އަދި އިންޑިއާއިން ވެސް ނޭދޭ ކަަމަށެވެ. އަދި ބޭނުން ވަނީ "އިންޑިއާ ފުރަތަމަ" ޕޮލިސީއެއް ކަމަށާއި "އިންޑިއާ އެކަނި" ޕޮލިސީއެއް ނޫން ކަމަށް ވެސް ސަންޖޭ ވިދާޅުވިއެވެ.

Ads by HDC
  1. މޯޑު

    އިންޑިޔާއަށާއި އިންޑިޔާ މީހުންނަށް ދިވެހިންނަށްވުރެން އިސްކަންދިނުމީ މި ސަރުކާރަށް ވާޖިބަކީތޯ

  2. ކާފަ

    އިސްކަން ދޭންނީ ކޮންބައަކައްތޯ ނިންމާނީ ދިވެހިން