ޚަބަރު

މެއި 6ގެ ހަމަލާގެ ތަޙްޤީޤުގައި ފުލުހުން ހޯދަމުންދާ ކުރިއެރުންތަކަށް އަސްލަމްގެ ތަޢުރީފު

ރައުފާ ރަޝީދު ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ތަހުގީގަށް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ ނުވަތަ 241 ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް ތައުރީފް ކުރައްވައިފިއެވެ.

Ads by MWSC

އަސްލަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 6 މެއި ގައި ⁦‪ރައީސް މުޙައްމަދު ނަޝީދު‬⁩ އަވާހާރަ ކޮށްލުމަށް ދިން ބޮމުގެ ހަމަލާ ގެ ތަޙްޤީގުގައި ⁦‪ފުލުހުން ހޯއްދަވަމުންދާ ކުރިއެއެރުންތަކަށް ތައުރީފުކުރާ ކަމަށާއި އެ ތަޙްޤީޤު ނިމޭއިރު ހަމަލާގެ އެންމެ ފުނަށް ވާސިލު ވެވޭނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

އަސްލަމް މިފަދައިން ވިދާޅުވީ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މި އަހަރުގެ މެއި މަހުގެ ހަވަނަ ދުވަހު ދިން ޓެރަރިސްޓް ހަމަލާއާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ރޭ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައިވާ ދަނޑިވަޅެއްގައެވެ. އެ ބައްދަލުވުމުގައި ހަމަލާގެ ގިނަ މައުލޫމާތު ފުލުހުން ވަނީ އާންމުކޮށްފައެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!