ކޮވިޑްގެ ތެރޭގައި ފަތުރުވެރިކަން ހިންގައި ރާއްޖެ ވަނީ މިސާލު ދައްކައިފައި: ކޮރެއާ
ކޮވިޑް-19ގެ ތެރޭގައި ފަތުރުވެރިކަން ހިންގައި ރާއްޖެ ވަނީ މިސާލު ދައްކައިފައި ކަމަށް ކޮރެއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު ވީޖިންގް ޖިއޮންގް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ފޮނުއްވަން ކުރި މެސެޖުގައި ސަފީރު ވިދާޅުވީ ރާއްޖެއިން މިނިވަންކަމުގެ 56 އަހަރު ފުރިހަމަ ކުރާއިރު، ރާއްޖެއާ ކޮރެއާގެ ގުޅުން ވެސް ވަރަށް ބޮޑަށް ބަދަހިވެފައިވާ ކަމަށެވެ.
އެގޮތުން ރާއްޖެއަކީ ކޮރެއާއިން އަބަދުވެސް ޚާއްސަ އަހަންމިއްޔަތުކަމެއްދޭ ގައުމެއް ކަމަށާއި ދިވެހިންނަކީ މަސައްކަތްތެރި އަދި މިނިވަންކަމަށް ލޯބިކުރާ ރައްޔިތުންތަކެއްކަން ވޭތުވެ ދިޔަ ތަނުގައި ސާބިތުކޮށްދީފައިވާކަމަށް ވެސް ސަފީރު ވިދާޅުވިއެވެ.
ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު އދ.ގެ އާންމު މަޖިލީހުގެ ރިޔާސަތާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި މަސައްކަތަށް 193 މެމްބަރުންގެ ތާއީދާ އެކު ހޮވުމަކީ މިކަމުގެ އަލިގަދަ ހެތްކެއްކަމަށް ސަފީރު ފާހަގަ ކުރެއްވިއެވެ. މި ދަތުރުގައި ކޮރެއާއިން މިނިސްޓަރަށް އަބަދުވެސް ތާއީދު ކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.
މީގެއިތުރުން ސަފީރު ވިދާޅުވީ، ރާއްޖެ ވަނީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު މިނިވަންކަން ލިބުމަށްފަހު މުޅި ދުނިޔެއަށް މިސާލު ދައްކައިފައި ކަމަށެވެ.
އެގޮތުން އެންމެ ފަގީރު ގައުމުތަކުގެ ގިންތިން އަރައިގަތުމަށް ކުރި މަސައްކަތުން މިއަދު ރާއްޖެއަކީ މެދުމިނުގެ އާމްދަނީއެއް ލިބޭ ޤައުމެއްކަން ވެސް ސަފީރު ވީޖިންގ ފާހަގަ ކުރެއްވިއެވެ.
ތެންކިޔޫ ކޮރެޔާ