ޚަބަރު

މިނިސްޓަރ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި ބަލްގޭރިއާއަށް ފުރާވަޑައިގެންފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ފޮރިން މިނިސްޓަރ ޢަބްުދުﷲ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި ބަލްގޭރިއާއަށް ރޭ ފުރާވަޑައިގެންފިއެވެ.

Ads by STELCO

ފޮރިން މިނިސްޓްރީން ވިދާޅުވީ މިނިސްޓަރގެ މި ދަތުރުފުޅަކީ އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ އިންތިޚާބީ ރައީސްގެ ޙައިސިއްޔަތުން މިމަހުގެ 27އިން 29 ކުރައްވާ ރަސްމީ ދަތުރުފުޅެއްކަމަށެވެ. މިނިސްޓަރުގެ މި ދަތުރުފުޅުގެ ތެރެއިން ބަލްގޭރިއާގެ ޓޫރިޒަމް މިނިސްޓަރާއި، އެ ޤައުމުގެ ސަރުކާރުގެ އިސް އޮފިޝަލުންނާ ވެސް މިނިސްޓަރ ޝާހިދު ބައްދަލުކުރައްވައި، ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

މީގެ އިތުރުން ބަލްގޭރިއާގެ ފޮރިން މިނިސްޓަރާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާއިރު، ދެ ޤައުމުގެ ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން ރަސްމީ މަޝްވަރާތަކެއް ބޭއްވުމަށް ވަނީ ނިންމައިފައެވެ.

މި ދަތުރުފުޅުގައި މިނިސްޓަރ ޝާހިދުގެ އަރިހުގައި ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވައިފައި ހުންނަވާ ހައި ކޮމިޝަނަރ ޑރ. ފަރަހަނާޒް ފައިޞަލާއި، އިނގިރޭސިވިލާތުގައި ހުންނަ ދިވެހި ހައިކޮމިޝަންގެ ތާޑް ސެކްރެޓަރީ މަރިޔަމް އަފްނާން ބައިވެރިވެވަޑައިގަންނަވާނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!