Saturday, 7 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ރައީސް ނަޝީދު ބަނގުރާ ހިއްޕެވިކަން އެނގޭ ލިޔުމެއް އަމިއްލަފުޅަށް ހިއްސާ ކުރައްވައިފި

ރައީސް ނަޝީދު ބަނގުރާ ހިއްޕެވިކަން އެނގޭ ލިޔުމެއް އަމިއްލަފުޅަށް ހިއްސާ ކުރައްވައިފި

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބަނގުރާ ހިއްޕެވިކަން އެނގޭ ލިޔުމެއް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕުގައި އެ މަނިކުފާނު އަމިއްލަފުޅަށް ހިއްސާކޮށްފިއެވެ.

އެގުރޫޕުގައި އެމަނިކުފާނު ހިއްސާ ކުރެއްވީ އެމަނިކުފާނުގެ ނަފްސާނީ މައްސަލައެއް ނެތްކަން ސާބިތު ކޮށްދޭން އިނގިރޭސިވިލާތުގެ ހޮސްޕިޓަލަކުން ދޫކުރި ލިޔުމެކެވެ. އޭގެ ފަހުން އެ މަނިކުފާނު ވަނީ އެ ލިޔުން ލީޓް ކޮށްލައްވައިފައެވެ. އެހެން ނަމަވެސް އެ ލިޔުމުގެ ކޮޕީއެއް ސޯޝަލް މީޑިޔާގައި ދަނީ ދައުރުވަމުންނެވެ.

މި ލިޔުމުގައިވާ ގޮތުން އެ މަނިކުފާނު އަމިއްލަފުޅަށް ބަނގުރާ ހިއްޕެވުން ހުއްޓަވައިލެއްވުމުގެ ސަބަބުން އަވަހާރަފުޅުލެއްޕެވުމުގައި އެއްވެސް އުނދަގުލެއް މިހާރު އެ މަނިކުފާނަކަށް ކުރިމައްޗެއް ނުވެއެވެ. އަދި މީގެ އިތުރުން ނަފްސާނީ މައްސަލަތައް ކަމުގައިވާ ޑިޕްރެޝަންގެ އެއްވެސް މައްސަލައެއް އަދި އެންޒައިޓީގެ އެއްވެސް މައްސަލައެއް އެމަނިކުފާނުގެ ނެތެވެ. އަދި ރައީސް ނަޝީދުގެ ޕީޓީއެސްޑީ ނުވަތަ އެފަދަ އެއްވެސް މަައްސަލައެއް ނުހުންނަ ކަމަށް ވެސް އެލިޔުމުގައި ވަނީ ބުނެފައެވެ.

Advertisement
Allied Insurance — Square (box)

މެއިމަހުގެ 6 ވަނަ ދުވަހު އެމަނިކުފާނަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގެ ސަބަބުން އެމަނިކުފާނަށް ނަފްސާނީގޮތުން އަސަރުކޮށްފައިވާކަމަށް ބުނެ ދިވެހި މީޑިޔާއަކުން ފެތުރި ހަބަރަކަށް އިޝާރާތްކޮށް ރައީސް ނަޝީދު މި ހިއްސާ ކުރެއްވި ލިޔުމާ އެކު ސޯޝަލް މީޑިޔާގައި އެ މަނިކުފާނަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް