އައިޖީއެމްއެޗް ކައިރިން ކާރެއް ކޮންޓްރޯލް ނުވެ ރުކަކަށް އަރައިފި

އައިޖީއެމްއެޗް ކެންޓީނު ސަރަޙައްދު ކައިރިން ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލު ނުވެ ގޮސް ރުކަކަށް އަރައި، ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
މަންޒަރު ދުށް ފަރާތްތަކުން ބުނާ ގޮތުގައި މި އެކްސިޑެންޓު ހިނގައިފައި ވަނީ އެ ކާރު އޯވަޓޭކް ކުރަން އުޅުމުގެ ތެރޭގައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު "ދެން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ބޭރުމަގުން ދުއްވާފައި ދިޔަ ކާރެއް، އައިޖީއެމްއެޗް ކެންޓީނު ކައިރިން ރުކެއްގައި ޖެހި އެކްސިޑެންޓު ވެފައިވާ ކަމަށެެވެ.
މި އެކްސިޑެންޓުގެ މައުލޫމާތު ލިބުނީ 9:56ހާއިރު ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއްވާފައިވެއެވެ.
އެކްސިޑެންޓު ހިނގި ކާރު ދުއްވަން އިނީ ލައިސަންސް އޮތް، އުމުރުން 21 އަހަރުގެ ފިރިހެނެއް ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއްވާފައިވެއެވެ.
މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ. ނަމަވެސް އެކްސިޑެންޓު ހިނގި ކާރު މިހާރު ވަނީ ޓޯ ކުރެވިފައެވެ.
އަވަހަށް ތިރުއް ކަނޑާލަން ފެނޭ. ތިޔަރުކުގެ ސަބަބުން އެކްސިޑެންޓް ތިޔަވީ