ފާތިޙުގެ މައްޗަށް އަދި ދަޢުވާ ކުރެވޭކަށް ނެތް: ޕީޖީ
މެއި ހަވަނަ ދުވަހު ރައީސް ނަޝީދަށް އަމާޒުކޮށް ދިން ނިރުބަވެރި ހަމަލާގެ ތުހުމަތުގައި ހައްޔަރު ކުރި ލ. ގަން، ދުންފިނި އުފާ އަހުމަދު ފާތިހުގެ މައްޗަށް އަދި ދަޢުވާ ކުރެވެން ނެތް ކަމަށް ޕްރެސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހާމަކޮށްފިއެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޖީ ހުސެއިން ޝަމީމް ވިދާޅުވީ، ތަޙްޤީޤަށް އިތުރު ކަންކަން ފާހަގަ ވެއްޖެ ނަމަ، ދަޢުވާ ކުރާނެ ކަމަށާއި މި ވަގުތު ނިންމައިފައި ވަނީ ދަޢުވާ ކުރެވެން ނެތް ކަމަށެވެ.
"ފާތިޙުގެ މައްސަލައިގައި އަޅުގަނޑުމެން ނިންމީ މި ވަގުތު އަދި ދަޢުވާ ކުރެވެން ނެތް ކަމަށް. އަޅުގަނޑުމެން އަދި އިތުރަށް ތަޙްޤީޤަށް ކަންކަން ފާހަގަ ވެއްޖިއްޔާ އިތުރަށް ދަޢުވާ ކުރުމުގެ ފުރުސަތު އޮންނާނެ." ޕީޖީ ވިދާޅުވިއެވެ.
އުމުރުން 23 އަހަރުގެ ފާތިހު ހައްޔަރު ކުރީ ބ. ދަރަވަންދޫންނެވެ. ކުރިން ފުލުހުގައި މަސައްކަތް ކުރި ފާތިހު އެ ވަޒީފާއިން ވަކިވީ މި އަހަރު، އަމިއްލައަށެވެ.
ފާތިހުއަކީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަ ކޮށްލުމަށް ދިން ހަމަލާއާ ގުޅިގެން ހައްޔަރުކުރި ހަތަރު ވަނަ މީހާއެވެ. ފުލުހުންގެ ތަހުގީގުން ހާމަވާ ގޮތުގައި، ފާތިހުއަކީ ހަމަލާ ދިނުމުގައި ދެން އުޅުނު މއ. ފޭރުގެ މުޖާޒް އަހުމަދު ސައިކަލުގައި ގެންދިޔަ މީހާއެވެ.
މުޖާޒްއަކީ ހަމަލާގެ ފަހުން އަދުހަމްގެ ހެދުން ބަދަލުކޮށް ފިލައިގެން މާލޭގައި އުޅުމަށް އެހީތެރިވެދިން މީހާ ކަމަށް ތަހުގީގަށް ވަނީ އެނގިފައެވެ. ފާތިހު ވަނީ މުޖާޒު، އަދުހަމް ކައިރިއަށް ގެންގޮސް ދިނުމުގައި އެހީތެރިވެދީފައެވެ.
މި މައްސަލައިގައި ހައްޔަރު ކުރި ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދަކީ ހަމަލާ ދިނުމަށް ބޭނުންކުރި ސައިކަލްގެ ވެރި ފަރާތެވެ. އޭނާ ވަނީ ސައިކަލްގައި ބޮން ހަރުކުރުމަށް ވެސް އެހީތެރިވެދީފައެވެ. އަދި މި ހަމަލާ ދިނުމުގައި އިސް ދައުރެއް އޭނާ އަދާކޮށްފައިވާކަން ތަހުގީގަށް ސާބިތުވެފައިވެއެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ހައްޔަރު ކުރި މީހުންގެ ތެރެއިން ހަތަރު މީހަކަށް ދައުވާ ކޮށްދިނުމަށް އެދި މިހާރު ވަނީ ފޮނުވައިފައެވެ. އެއީ މުޖާޒް އަހުމަދަކީ ހަމަލާގެ ފަހުން އަދުހަމްގެ ހެދުން ބަދަލުކޮށް ފިލައިގެން މާލޭގައި އުޅުމަށް އެހީތެރިވެދިން މީހާ ކަމަށް ތަހުގީގަށް ވަނީ އެނގިފައެވެ. ފާތިހު ވަނީ މުޖާޒު، އަދުހަމް ކައިރިއަށް ގެންގޮސް ދިނުމުގައި އެހީތެރިވެދީފައެވެ.