ޚަބަރު ސިޔާސީ

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަށް އިންސާފު ހޯދައިދޭނަން: ޑރ. މުއިއްޒު

ރައުފާ ރަޝީދު ، ދެން އޮންލައިން

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ފަހަތުގައިވާ މީހުން ހޯދައި، އެމަނިކުފާނަށް އިންސާފު ހޯދައިދޭނެކަމަށް އިދިކޮޅު ކޮންގްރެސް ކޯލިޝަން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by MWSC

މިރޭ މާފަންނު އުތުރު ދާއިރާގައި ބޭއްވި ކަންމަތީ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން މުޢިއްޒު ވިދާޅުވީ އިންސާފުވެރިކަން ހުރިހާ އެންމެންނަށް ވެސް ގާއިމުކޮށްދޭންޖެހޭ ކަމަށާއި ޝަރުއީ ދާއިރާ ހަގީގީ ގޮތުގައި މިނިވަންކޮށްގެން ކުރާ ވެރިކަމެއް އެކަނިކުފާނު ހިންގަވާނެ ކަމަށެވެ.

އަދި ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާގައި އެމަނިކުފާނަށް އިންސާފު ހޯދައިދެވިފައިނުވާ ކަމަށާއި ސަރުކާރުން ވެސް އެކަމަށްޓަކައި ދޭންވާ ސަމާލުކަމެއް ދީފައެއްނުވާ ކަމަށް މުޢިއްޒު ވިދާޅުވިއެވެ. އެ ހަމަލާއަށް އިންސާފު ހޯދައިދޭނީ އެމަނިކުފާނުގެ ސަރުކާރެއްގައި ކަމަށް މުޢިއްޒު ވިދާޅުވިއެެވެ.

"އެ ހަމާލާއަށް އިންސާފު ހޯދައިދީފައި ނުވޭ، މި ސަރުކާރުން އެކަމަށް ދޭންވާ ސަމާލުކަން ދީފައި ނުވޭ. އެހެންވީމާ އިންސާފުވެރި ސަރުކާރެއް ގާއިމު ކުރުމަށް އަޅުގަނޑުމެން މި އަންނަނީ. އިރާދަކުރެއްވިއްޔާ އެމަނިކުފާނަށް ވެސް އިންސާފު ހޯދައިދޭނީ އަޅުގަނޑުމެންގެ ސަރުކާރެއްގައި" މުޢިއްޒު ވިދާޅުވިއެވެ.

މުޢިއްޒު ވިދާޅުވީ ވަކި މީހަކަށް ވީތީ، ނުވަތަ ވަކި މަގާމެއް އަދާކުރާ މީހަކަށް ވުމަކީ ބޭއިންސާފުން ކަންތައްތައް ކުރަން ޖެހޭނެ ކަމެއް ނޫން ކަމަށާއި ކޮންމެ ރައްޔިތަކީ ވެސް އިންސާފާއި ހަމަހަމަ އުސޫލުގެ ތެރެއިން އުޅެވެން ޖެހޭ މީހެއްކަމަށެވެ.

  1. ދިވެހި މުސްކުޅިން

    ދިވެހި ރައްޔިތުންނޭވެއވެ. މި އިންތިޚާބުގެ ފުރަތަމަ ބުރުން ފެނުނު ހަގީގަގަތަކީ މުއިއްޒު އަށް 180000 ހާއަށްވުރެ ގިނަ މީހުން ބުނީ ނޫނެކޭ ކަން އެބަހީ އެމީހުން ވޯޓް ދިނީ އެނޫން ފަރާތްތަކަށް 2 ވަނަ ބުރުގާ ވާދަ މި ކުރަނީ ރައީސް އިބޫ އާއި މުއިއްޒު ވީމާ އެންމެން 2ވަނަ ބުރުގައި ރައީސް އިބޫ އަށް ވޯޓް ދެމާ ބަހީ ނޫނީ ގައުމުގެ ހަލަބޮލިވެ ޞުލްޙަ މަސްލަޙަތު ގެއްލި ހިގައިދާނެ ޕީޕީއެމް/ޕީއެންސީ ހިމެނޭ ވެރިކަމަކީ މި ގައުމަށް ނުރައްކާވާނެ ވެރިކަމަކަށް ވެގެންދާނެ މިއީ ގައުމު ހިންގުމުގައި ފެނި ތަޖުރިޖާ ކުރެވިފައިވާ ހަގީ ގަތެއް ހެރޮ ވެރިކަމެއް ލިބިފަ އޮތުމަޖީ ބޮޑު ވެގެންވާ ނިޢުމަތެއް ﷲ ދެއްވާ ނިޢުމަތްތަކަށް ފުރަގަސް ނުދޭ