ޚަބަރު

ސައިކަލު ތަކެއްގެ މައްޗަށް ފާރެއް ވެއްޓިއްޖެ، މީހަކަށް ގެއްލުމެއް ނުވޭ

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
ފޮޓޯ: އެމްވީ ކްރައިސިސް

މިހާރު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކުރަމުން އަންނަ ވިއްސާރައިގައި، ވައިގަދަވެ، މާލޭގެ މަގެއްގައި ހުރި ސައިކަލުތަކެއްގެ މައްޗަށް ފާރެއް ވެއްޓިއްޖެއެވެ.

Ads by Hajj Corporation

ފުލުހުން ވިދާޅުވީ، 12:34ގައި އެފަދަ ކަމެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އަދި މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، ވެއްޓިފައި ވަނީ ގަލޮޅު ހިތަށް ފިނިވާމަގުގައި ހުންނަ ސަލްސާ ތައި ރެސްޓޯރެންޓްގެ ފާރެވެ. އަދި ފާރު ވެއްޓިފައި ވަނީ އެ ރެސްޓޯރެންޓް ގޯތިތެރޭގައި ހުރި ގަހެއް ވެއްޓިގެންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ގަސް ވެއްޓިފައި ވަނީ، ވަޔާ އެކު ގަސް މުލުން ލުހި ގެންނެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް އޮފީސް)އިން ވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކޮށް، ހުދު ސަމާލު ނެރެފައެވެ، މިގޮތުން ހުދު ސަމާލު ނެރެފައި ވަނީ، ކ. އަތޮޅުން ފެށިގެން ގދ. އަތޮޅަށެވެ. އެ ސަރަހައްދުތަކަށް އުދަ އެރުމުގެ ފުރުޞަތު އެބަ އޮތް ކަމަށް ވެސް އެ އިދާރާއިން ހާމަކުރެއެވެ.

ހުދު ސަމާލު ނެރެފައި ވަނީ މިއަދު 09:45 އިން ފެށިގެން 15:45އާ ހަމަޔަށެވެ. މި ވަގުތުތަކުގައި ގަޑިއަކު ގާތްގަޑަކަށް 40 މޭލަށް ވައި ގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުނެއެވެ.

Ads by HDC
  1. ގަމު މީހާ

    ސައިކަލައް ލިބޭ ގެއްލުމަކީ މީހާއައްވެސް ލިބޭ ގެއްލުމެއް ނޫންތަ..