ޚަބަރު

ބޮމުގެ ހަމަލާގެ ތުހުމަތު ކުރެވޭ ފާތިހު ބަންދުން ދޫކޮށްލައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން
ފާތިހު

މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މެއި 6ގައި ދިން ބޮމުގެ ހަމަލާގެ ތުހުމަތުގައި ހައްޔަރު ކުރި ލ.ގަން ދުންފިނި އުފާ އަހުމަދު ފާތިހު ބަންދުން ދޫކޮށްލައިފިއެވެ.

Ads by MWSC

ފުލުހުން ވިދާޅުވީ ފާތިހު ބަންދުން ދޫކޮށްލީ އޭނާއަށް ދައުވާ ނުކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް ނިންމުމާ ގުޅިގެން ކަމަށެވެ. އެހެން ނަމަވެސް އޭނާ ދޫކޮށްލި އިރެއް އަދި ދުވަހެއް ވެސް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން ހަތަރު މީހަކަށް ދަައުވާ ކުރަން ފޮނުވައިފައިވާކަމަށް މި މަހުގެ 3 ވަނަ ދުވަހު ޕީޖީން ވަނީ ބުނެފައެވެ. އެހެން ނަމަވެސް ފާތިހުގެ މައްޗަށް ދައުވާ ކުރެވެން ނެތް ކަމަށް މިވަގުތަށް ނިންމާފައިވާކަމަށް ވެސް ޕީޖީ ޝަމީމް ވަނީ އެދުވަހު ވިދާޅުވެފައެވެ. ޝަމީމް ވިދާޅުވީ ހަމަލާއާ ގުޅޭ ތަހުގީގު މިހާރު ވެސް ކުރިއަށް ދާ ކަމަށާއި ތަހުގީގުން ދައުވާ ކުރަން ޖެހޭ ފަދަ ކަމެއް ފާހަގަވެއްޖެ ނަމަ އޭނާގެ މައްޗަށް ވެސް ދައުވާ ކުރާނެކަމަށެވެ. 

މަޖިލިސް ރައީސް އަވަހާރަކޮށްލަން ބޮމެއް ގޮއްވައިލި މައްސަލައިގައި ދައުވާ ކުރަން ފޮނުވައިފައިވާ 4 މީހުންނަކީ އެކަމުގައި އަމަލީ ގޮތުން ބައިވެރިވެފައިވާކަމަށް ތުހުމަތު ކުރެވޭ ހަތަރު މީހުންނެވެ. އެއީ އަދުހަމް އަހުމަދު ރަޝީދު (25އ.)އާއި މއ. ފޭރުގެ މުޖާޒް އަހްމަދު (21އ.)އާއި ގއ. ކޮނޑޭ/ ފޮޅޭމާ ތަހުމީން އަހްމަދު (32އ.)އަދި ނ. މަނަދޫ/ ނޫރީގެ އަލީ ހައިޝަމެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!