ޒުވާނުން ތަމްރީން ކުރުމަށް ދިރާގުން ބާއްވާ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފަށައިފި

ޒުވާނުންނަށް ޚާއްސަކޮށްގެން، ވަޒީފާއަށް ތަމްރީނު ކުރުމަށް ދިރާގުން އެ ކުންފުނީގެ 12 ވަނަ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފަށައިފިއެވެ.
އޭ ލެވެލް ނިންމައިފައިވާ އުމުރުން 18-30 އަހަރާ ދެމެދު ހުރިހާ އެންމެންނަށް ބައިވެރިވެވޭ މި ޕްރޮގްރާމް މި އަހަރު ހުޅުވައިލައިފައި ވަނީ މާލެ، އައްޑޫ ސިޓީ، ތިނަދޫ، އަދި އޭދަފުށީގެ ޒުވާނުންނަށެވެ
މި އަހަރުގެ ޕްރޮގްރާމްގައި 14 މީހަކަށް އެކި ޑިޕާޓްމަންޓްތަކުން ވަޒީފާ ދޭން ދިރާގުން ވަނީ ނިންމައިފައެވެ.
2009 ވަނަ އަހަރު ދިރާގުން ފެށި މި ޕްރޮގްރާމްގައި މިހާތަނަށް 214 ޒުވާނުން ވަނީ ތަމްރީނުކޮށްފައެވެ.
ދިރާގުން ބުނީ މި ޕްރޮގްރާމްތަކުގެ މަގްސަދަކީ ވަޒީފާގެ މާހައުލުގައި ދިމާވާ އެކި އެކިކަންކަމަށް ޒުވާނުން އަހުލުވެރި ކުރުވާ، ރަނގަޅު ތައުލީމަކާ އެކު ޒުވާނުންނަށް ތަމްރީނު ދިނުން ކަމަށެވެ.