އުރީދޫ ކަސްޓަމަރުންނަށް ސެމިލީސް ރެސްޓޯރަންޓުން ވަރަށް ޚާއްސަ އޮފަރތަކެއް!

ރާއްޖޭގައި ގިނަ ބަޔަކަށް އެންމެ ކަމުދާ އެއް މުއާސަލާތީ ޚިދުމަތް ކަމަށްވާ އުރީދޫ މޯސްޑިވްސްއަށް 16 އަހަރު ފުރުމުގެ މުނާސަބަތުގައި، ކަސްޓަމަރުންނަށް ސެމިލީސް ރެސްޓޯރަންޓުން ވަރަށް ޚާއްސަ އޮފަރތަކެއް ދޭން ނިންމައިފިއެވެ.
މިއީ އުރީދޫން ސެމިލީސް ރެސްޓޯރަންޓާ ގުޅިގެން ކުރިއަށް ގެންދާ އޮފަރތަކެކެވެ.
އެގޮތުން ސެމިލީސް ރެސްޓޯރަންޓުން، ތިރީގައިވާ އައިޓަމްތަކުގެ ތެރެއިން، އޯޑަރު ކުރާ ކޮންމެ އައިޓަމަކަށް އިތުރު އައިޓަމެއް ހިލޭ ލިބޭނެ ކަމަށް އުރީދޫން ބުނެފައިވެއެވެ.
▪︎ ގްރިލްޑް ޗިކަން އާއި ފްރީ ޕިއްޒާ/ ފްރޭންކީސް
▪︎ ގްރިލްޑް ޗިކަން އާއި ފްރީ ބާގަރ/ ފްރޭންކީސް
▪︎ ގްރިލްޑް ޗިކަން އާއި ފްރީ ޑްމްޕްލިން/ ފްރޭންކީސް
▪︎ ފެމިލީ މީލް އާ އެކު ފްރޯ ޕިއްޒާ
▪︎ ރައްޓެހިން އައިސްގެން، ފެމިލީއާ އެކު ފްރީ ޕިއްޒާ އަދި ފްރޭންކީސް
▪︎ ޓަންޑޫރް ފެމިލީ މީލާ އެކު ފްރީ ޕިއްޒާ އަދި ފްރޭންކީސް
▪︎ ޓިއްކާ ކޮމްބޯ މީލް އާއެކު ފްރީ ޕިއްޒާ އަދި ފްރޭންކީސް
▪︎ ޓިއްކާ ޝެއާރިންގް މީލްއާ އެކު ފްރީ ޕިއްޒާ އަދި ފްރޭންކީސް
މި އޮފަރ ލިބިގަތުމަށް އުރީދޫގެ ކަސްޓަމަރުންނަށް ފޮނުވައިވާ އެސްއެމްއެސް ، ސެމިލީސްއަށް ދައްކައިން މި ޚިދުމަތް ލިބޭނެއެވެ.
އުރީދޫއާއި ސެމިލީސްގެ ފަރާތުން މި ޚިދުމަތް ލިބޭނީ މި މަހުގެ 31ގެ ނިޔަލަށެވެ.