ޚަބަރު އިޖުތިމާޢީ

ވެކްސިން ނުޖަހާ ފަތުރުވެރިންނަށް ރަށްރަށަށް ދެވޭ އުސޫލެއް ހަދައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ކޮވިޑް-19އިން ރައްކާތެރިވުމަށް ޖަހާ ވެކްސިން ފުރިހަމަ ނުކުރާ ފަތުރުވެރިންނަށް ރަށްރަށަށް ދެވޭ އުސޫލެއް އެޗްޕީއޭއިން މިއަދު އާއްމުކޮށްފިއެވެ.

Ads by STELCO

އެޗްޕީއޭއިން ކުރިން ނިންމައިފައިވަނީ ގެސްޓުހައުސްތަކަށް ޗެކިން ކުރެވޭނީ ވެކްސިން ފުރިހަމަކޮށް 14 ދުވަސްވެފައިވާ ޓޫރިސްޓުންނަށް އެކަނި ކަމަށެވެ. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ މުޅި އާބާދީގެ %60އަށް ވެކްސިން ޑޯޒްތައް ފުރިހަމަވެފައިވާ ރަށްތަކުގެ ގެސްޓްހައުސްތަކަށް ވެކްސިން ފުރިހަމަ ނުކުރާ ފަތުރުވެރިންނަށް ވެސް ޗެކިން ކުރެވޭނއެވެ.

އަދި އެ ރަށެއްގައި ފަތުރުވެރިންނަށް ޚިދުމަތްދިނުމުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތައް ހިމެނޭގޮތަށް %95 މީހުންނަށް ވެކްސިންގެ ޑޯޒްތައް ފުރިހަމަވެފައިވާން ޖެހޭނެ ކަމަށާއި ރަށުގައި ދިރިއުޅޭ 65 (ފަސްދޮޅަސް ފަހެއް) އަހަރުން މަތީގެ އާބާދީގެ %90 މީހުން ވެކްސިން ޑޯޒްތައް ފުރިހަމަކުރަން ޖެހޭ ކަމަށް އައު އުސޫލުގައި ވެއެވެވެ.

މީގެ އިތުރުން އެޗްޕީއޭއިން ވިދާޅުވީ ވެކްސިން ޑޯޒް ފުރިހަމަ ވެފައި ކަމަށް ބަލާނީ ވެކްސިންގެ ޖަހަން ޖެހޭ ޑޯޒްތައް ފުރިހަމަވުމަށް ފަހު 14 ދުވަސް ހަމަވުމުން ކަމަށެވެ. އަދި ވެކްސިން ކަވަރޭޖް ހަމަވެފައިވާ ރަށްރަށަށް، ވެކްސިންގެ ޑޯޒްތައް ފުރިހަމަނުވާ ފަތުރުވެރިން ދަތުރުކުރާ ނަމަ ޗެކް-އިން ކުރާ ދުވަހުން ފެށިގެން 7 (ހަތެއް) ދުވަސް ހަމަވުމުން ޕީ.ސީ.އާރު ޓެސްޓް ހަދަން ވާނެ ކަމަށް ވިދާޅުވެފައި ވެއެވެ.

އާބާދީގެ 60 ޕަސެންޓު ވެކްސިން ފުރިހަމަ ނުކުރާ ސަރަހައްދުތަކުގެ ތެރޭގައި މާލެ ހިމެނެއެވެ. ގްރޭޓަރ މާލޭ ސަރަހައްދުގައި ހުންނަ ގެސްޓްހައުސްތަކަށް ޗެކް-އިން ކުރެވޭނީ ވެކްސިންގެ ޑޯޒްތައް ފުރިހަމަވެފައިވާ ފަތުރުވެރިންނަށް އެކަންޏެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!