އިޖުތިމާޢީ

ކޮވިޑް ޑިޖިޓަލް ވެކްސިން ޕާސްޕޯޓު ތައާރަފްކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ކޮވިޑް ދިފާޢު ވެކްސިން ކާޑު/ ފޮޓޯ: އަވަސް

ކޮވިޑް ޑިޖިޓަލް ވެކްސިން ޕާސްޕޯޓް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ތައާރަފުކޮށްފިއެވެ.

Ads by Hajj Corporation

"ކޮވިޑް ސޭފް"ގެ ނަމުގައި ތައާރަފްކުރި މި ޕާސްޕޯޓާ އެކު އެއްތަނުން އަނެއް ތަނަށް ދަތުރުފަތުރު ކުރުމުގައި އިތުރު ލުއި ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ޑިޖިޓަލްކޮށް އެމީހެއްގެ ކޮވިޑް ހާލަތާ ގުޅޭ މައުލޫމާތުތައް " ކޮވިޑް ސޭފް ޑޮޓް އެމްވީ" ޕޯޓަލް މެދުވެރިކޮށް ހޯދޭނެއެވެ. މިއީ ހެލްތު މިނިސްޓްރީގެ ފަރާތުން ރާއްޖޭގައި ބޭނުން ކުރުމަށް ހަމަޖެހިފައިވާ ރަސްމީ ޑިޖިޓަލް ވެކްސިން ޕާސްޕޯޓެވެ.

އެޗްޕީއޭއިން މައުލޫމާތު ދީފައިވާ ގޮތުގައި ޑިޖިޓަލް ވެކްސިން ޕާސްޕޯޓަށް މައުލޫމާތު އެއްކުރެވިގެން ދާނީ އެ އެޖެންސީގެ އައުޓް ބްރޭކް ސިސްޓަމާއި، ދިފާއު ޕޯޓަލް މެދުވެރިކޮށެވެ. އަދި އައުޓް ބްރޭކް ސިސްޓަމުން އެމީހެއްގެ ކޮވިޑް ޕީސީއާރް ޓެސްޓްތަކުގެ ނަތީޖާއާއި ކަރަންޓީން ވެފައިވާ ނަމަ އެ މައުލޫމާތެއް ހިމެނޭހެން ކޮވިޑްގެ މައުލޫމާތު އެއްކުރެވިގެންދާނެ ކަމަށް ވެސް ބުނެފައިވެއެވެ.

އެޗްޕީއޭއިން އިތުރަށް ބުނީ ކޮވިޑް ދިފާއު ޕޯޓަލް މެދުވެރިކޮށް އެމީހަކު ޖެހި ވެކްސިން ޑޯޒްތަކާއި ވެކްސިން ޖެހި ތާރީހު އެނގޭނެހެން ވެކްސިނޭޝަން ކަވަރޭޖްގެ މައުލޫމާތު އެއް ކުރެވޭނެ ކަމަށާއި މި ދެ ޕްލެޓްފޯމުން އެއްކުރެވޭ މައުލޫމާތުތައް އެމީހެއްގެ އައިޑީކާޑް ނަންބަރު ނުވަތަ ޕާސްޕޯޓާ ގުޅުވައިލެވިގެންދާނެ ކަމަށެވެ.

  1. ޙަސަން

    މީގެން ނުފެނޭ އެއްވެސް އެއްޗެއް !

  2. ޞާލިޙް

    އަދި އަޕްގްރޭޑިންގ ގަ ދޯ .

  3. ބޮއިު

    މި ނުކުރޭ މަސައްކަތެއް

  4. އަހްމަދު

    މީ ބޭކާރު އެއްޗެއް

  5. ޙަލީމް

    މަ ވެކްސިންކާޑް ވެސް ހާލުބަލާ ޕޯޓަލް އައް އަޕްޑޭޓް ކޮށް ނުދީގެން މި އުޅެނީ.