އެޑްވަޓޯރިއަލް

ދިރާގު ސަޅި ޕްރީޕެއިޑް: ކޮންމެ ދުވަހަކު 1 ޖީބީ ޑޭޓާ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ދިރާގުން "ސަޅި ޕްރީޕެއިޑް"ގެ ނަމުގައި މުޅިން އައު ޕްރިޕެއިޑް ޕްލޭންތަކެއް މިއަދު ތަޢާރަފް ކޮށްފިއެވެ.

Ads by Sosun Fihaara

ކަސްޓަމަރުންނަށް ގިނަ ފައިދާއާއި އިތުރު ލުއި ފަސޭހަ ހޯދައިދިނުމުގެ ގޮތުން ތައާރަފުކުރި މި ޚާއްސަ ޕްރީޕެއިޑް ޕްލޭންތަކުން އެއް ފަހަރު އެކްޓިވޭޓްކޮށްލައިގެން 1 ހަފުތާ، 2 ހަފުތާ ނުވަތަ އެއް މަސްދުވަހަށް ކޮންމެ ދުވަހަކު 1 ޖީބީ ޑޭޓާ އައުވެގެން ދާނެއެވެ. ހަމަ އެންމެ، 145 ރުފިޔާއިން ފެށިގެން ސަޅި ޕްރީޕެއިޑްގެ ޕްލޭންތައް ފެށޭ އިރު، މީގެ ކޮންމެ ޕްލޭނަކުން ދުވާލަކު ލިބޭ އެއް ޖީބީ ޑޭޓާ އެލަވަންސްގެ އިތުރުން ހިލޭ ސޯޝަލް މީޑިއާ ޑޭޓާ އަދި އަންލިމިޓެޑް ކޯލްސް ލިބިގެންދާނެއެވެ.

މިއާ އެކު ދިރާގު ސަޅި ޕްރީޕެއިޑް ޕްލޭންތަކަކީ އެންމެ ގިނަ ޑޭޓާ ހަމަ އެންމެ އެކްޓިވޭޝަނަކުން ފޯރުކޮށްދޭ ޕްރީޕެއިޑް ޕްލޭންތަކެވެ.

ސަޅި ޕްރީޕެއިޑް ތަޢާރަފުކުރުމާ ގުޅިގެން ދިރާގުން ވަނީ ކަސްޓަމަރުންނަށް ވަރަށް ޚާއްސަ އޮފަރއެއް ވެސް ތަޢާރަފު ކޮށްފައެވެ.އެ ގޮތުން، ސަޅި ވީކްލީ އަދި ސަޅި 2 ވީކްސް ޕްލޭނުން ކަސްޓަމަރުންނަށް 12 ސެޕްޓެމްބަރ 2021އާ ހަމައަށް 1 ޖީބީގެ ބަދަލުގައި 2 ޖީބީ ޑޭޓާ ކޮންމެ ދުވަހަކު ލިބިގެންދާނެއެވެ.

"އަޅުގަނޑުމެން އަބަދުވެސް މަސައްކަތްކުރަނީ ކަސްޓަމަރުން ޑޭޓާ ބޭނުން ކުރާ މިންވަރު ބަލައި، ކަސްޓަމަރުންގެ ބޭނުންތަކާ އެއްގޮތަށް ޚިދުމަތްތައް ބައްޓަންކޮށް އިތުރު ފުރިހަމަކަމާ އެކު ގިނަ ފައިދާތަކެއް ލިބިދޭގޮތަށް ޕްލޭންތައް ފަރުމާކުރުން. އެގޮތުން ޑޭޓާ ބޭނުންކުރާ ވަރު އިތުރުވެފައިވާ އޮތް މިދަނޑިވަޅުގައި މިއަދު މި ތަޢާރަފު ކުރި ޕްލޭންތަކުން ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު 1 ޖީބީ ޑޭޓާ އެލަވަންސް ލިބި، ޑޭޓާއިން ގިނަ ކަންތައްތައް އެންމެ އެކްޓިވޭޝަނަކުން ފަސޭހަކަމާ އެކު ކޮށްލެވޭނެ. ހަމަ މިއާ އެކު، ދިރާގު ސަޅި ޕްރީޕެއިޑްއަކީ މުޅި މަހަށް ބަހާލަންޏާ އެންމެ ބޮޑު ޑޭޓާ އެލަވަންސްއެއް މާކެޓްގައި އެންމެ ހެޔޮ އަގުގައި ލިބިގެންދާ ޕްރީޕެއިޑް ޕްލޭންތައް" ދިރާގުގެ ސަޅި ޕްރީޕެއިޑް ތަޢާރަފު ކުރުމާ ގުޅިގެން ކުންފުނީގެ މެނޭޖަރ ކޮންސިއުމާ ޕްރީޕެއިޑް އައިޝަތު އިޝާނާ ވިދާޅުވިއެވެ.

ދިރާގު ސަޅި ޕްރީޕެއިޑް ޕްލޭންތައް ދިރާގު މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ދިރާގު ޕްރީޕެއިޑް ގެންގުޅުއްވާ ހުރިހާ ކަސްޓަމަރުންނަށް ވެސް އެކްޓިވޭޓް ކުރެވޭނެއެވެ.

ދިރާގުގެ މަޤްސަދަކީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ދިރިއުޅުމަށް ފާގަތިކަމާއި ތަނަވަސްކަން ގެނެސްދީ، އިތުބާރާއި ޔަޤީންކަމާ އެކު މުޅި ރާއްޖޭގެ އެންމެނަށް ދިރާގުން ފޯރުކޮށްދޭ ޚިދުމަތްތައް ފޯރުކޮށްދިނުމެވެ.

އިތުރު މައުލޫމާތު މި ލިންކުން ލިބިލައްވާނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!