ސަރުކާރުގެ ވަޒީރުން ވެސް ޤާނޫނީ ނިޒާމަށް އިތުބާރު ނުކުރައްވާކަމަށާއި މުޅި ވެރިކަން ޖޯކަކަށް ވެއްޖެކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފްގެ މައްސަލަ ކޯޓަށް ހުށައަޅައިފި ނަމަ ސަރުކާރުގެ ސިއްރުތަކެއް ލީކްކޮށްލާނެކަމަށް އޭނާ ވިދާޅުވި ވިދާޅުވުމާ ބެހޭ ގޮތުން ކުރެއްވި ޓްވީޓެއްގައި ޑރ. ޖަމީލް ވިދާޅުވީ ސަރުކާރުގައި އަދުލު ވެރިކަމުގެ ޒައްރެއްގެ މިންވަރު ވެސް ނެތްކަމަށެވެ.
"ވަޒީރުން ވެސް ޤާނޫނީ ނިޒާމަށް އިތުބާރު ނުކުރޭ. އިބްރާހިމް މުހައްމަދު ޞާލިހްއަށް ދުޞްތޫރީ މަޞްޢޫލިއްޔަތު ސާފު ނުވޭތޯ؟ މަނިކުފާނުގެ ވަޒީރަކު ފާޅުގައި މަނިކުފާނުގެ ކަމިޝަންތަކާއި މުއައްސަސާތައް ބޭޒާރުކުރާ ވާހަކަ ދައްކާއިރު އަދުލުވެރިކަމުގެ ޒައްރެއް ވެސް ނެތްކަން ކަށަވަރު. މުޅި ވެރިކަން ޖޯކަކަށްވެއްޖެ." ޑރ. ޖަމީލްގެ ޓްވީޓްގައި ވިދާޅުވިއެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން މިނިސްޓަރ އޮފް ޔޫތު، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހުމަދު މަހްލޫފަށް ކުރެވޭ ތުހުމަތުތަކުގެ މައްސަލަ ކޯޓަށް ވައްދައިފިނަމަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް މަރިޔަމް ޝިއުނާއާއި ރިޔާސީ ކޮމިޝަންގެ ރައީސް އަހުމަދު އައްސަދުގެ ޗެޓުލޮގުތަކެއް ހާމަ ކުރައްވާނެކަމަށް ރޭ "ވަގުތު" އޮންލައިނުން ކްލަބްހައުސްގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމެއްގައި ވާހަކަދައްކަމުން މަހްލޫފް ވަނީ ވިދާޅުވެފައެވެ.
އެމީހުންގެ ޗެޓްލޮގްގައި ކޮންމެ އްޗެއް ހުއްޓަސް މަޚުލޫފް ހަނދާ ކުރަންޖެހޭނީ ދައުލަތް ކުޑަކަކޫ ނުޖަހާނެ ކަމަށައި ފަހަރެއްގައި ސަރުކާޒު ކުޑަ ކަކޫ ޖަހާފާނެ.