ދީން

މިއަހަރުގެ އާޝޫރާ ދުވަހަކީ މިހަފްތާގެ ބުދަ ދުވަސް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މި އަހަރުގެ އާޝޫރާ ދުވަހަކީ މި ހިނގާ އޯގަސްޓް މަހުގެ 18ވާ ބުދަ ދުވަސް ކަމުގައި އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

Ads by STELCO

އިސްލާމިކް މިނިސްޓްރީން މިއަދު ނެރުއްވި އެންގުމެއްގައި ވިދާޅުވީ ރާއްޖޭގައި އަމަލުކުރެވެމުންދާ އުސޫލުގެ މަތިން 1443ވަނަ އަހަރުގެ މުހައްރަމް މަހުގެ 1ވަނަ ދުވަހަކީ މި ހިނގާ އޮގަސްޓް މަހުގެ 9 ވަނަ ދުވަސް ކަމަށާ، އެހެންކަމުން މުހައްރަމް މަހުގެ 10ވަނަ ދުވަހަކީ (އާޝޫރާ ދުވަހަކީ) އޮގަސްޓް މަހުގެ 18ވާ ބުދަ ދުވަސް ކަމަށެވެ.

އެ އެންގުމުގައި އިތުރަށް ވިދާޅުވެފައި ވަނީ ހިޖްރީ އައު އަހަރު ފެށުމުގައި ގައުމުތަކުގެ މެދުގައި ތަފާތުތައް ހުރި ނަމަވެސް އަމަލުކުރަން ވާނީ އެބަޔަކު ދިރިއުޅޭ ތަނެއްގައި އަމަލުކުރާ އުސޫލުގެ މަތިންކަމަށެވެ.

އާޝޫރާ ދުވަހުގެ މާތްކަން ފާހަގަކޮށް އިސްލާމިކް މިނިސްޓްރީން ވަނީ އެ ދުވަހު ރޯދަ ހިފުމަށް ވެސް ނަސޭހަތްތެރިވެފައެވެ.

އާޝޫރާ ދުވަހު ރޯދަ ހިފުމަކީ ސުންނަތަކަށް ވާއިރު އެ ދުވަހު ރޯދަ ހިފުން ސުންނަތް ވެގެންވާ ގޮތަކީ އާޝޫރާ ދުވަހުގެ ކުރީދުވަހާ އެކު ނުވަތަ އާޝޫރާ ދުވަހާއި އެ ދުވަހުގެ ފަހު ދުވަހާ އެކު ރޯދަ ހިފުންކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!