ކުޅުދުއްފުށިން އިތުރު ބަޔަކު ފައްސިވެ، ހަރަކާތްތެރި ވޭދަނައިގެ އަދަދު 20އަށް

ހދ. ކުޅުދުއްފުށި ސިޓީން އިތުރު ބަޔަކު ކޮވިޑް-19އަށް ފައްސިވެ، އެރަށުން ބަލި ޖެހިފައި ތިބި މީހުންގެ އަދަދު 20 އަށް އަރައިފިއެވެ.
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން ވިދާޅުވީ 16 އޯގަސްޓްގައި ފައްސިވި ވޭދަނައާ ގުޅުން ހުރި ކޮންޓެކްޓުންގެ ގޮތުގައި ފާހަގަ ކުރެވުނު 4 ފަރާތެއް ފައްސިވެ، އެ ކޯނީގެ ޖުމްލަ އަދަދު 7އަށް އަރައިފައިވާ ކަމަށެވެ. އަދި ހުމާއި ރޯގާގެ އަލާމާތްތައް ހުރުމުން ފުލޫ އޯ.ޕީ.ޑީއަށް ދެއްކި ނެއްލައިދޫގެ ރައްޔިތެއް ވެސް ފައްސިވެފައިވާ ކަމަށެވެ.
ކުޅުދުއްފުށި ހޮސްޕިޓަލުން ވިދާޅުވީ ހުމާއި ރޯގާގެ އަލާމާތްތައް ހުރި މީހުން ލަސް ނުކޮށް ކޮވިޑަށް ޓެސްޓު ކުރުމާއި ސާރޖިކަލް މާސްްކް އެޅުމާއި، ގިނައިން ސައިބޯނި ލައިގެން އަތް ދޮވުން އަދި މީހުންނާއި ބައްދަލުވާ ވަގުތު މަދު ކުރުމަކީ ބަލި ފެތުރުން ކުޑަކުރުމަށް އެޅިގެން ދާނެ މުހިންމު ފިޔަވަޅެއް ކަމަށެވެ. ފުލޫ އޯޕީޑީއަށް ގޮސްގެންނާއި އެސްއެމްއެސް ކުރައްވައިގެން ސުންކު ނެގުމުގެ ކަންތައްތައް ކުރިޔަށް ގެންދެވޭނެކަމަށް ހޮސްޕިޓަލުން ވިދާޅުވިއެވެ.