އެޑްވަޓޯރިއަލް

ދިވެހި ރެޑް ކްރެސެންޓުން އިންސާނިއްޔަތަށް ޓަކައި ކުރާ މަސައްކަތަށް ދިރާގުން އެހީ ފޯރުކޮށްދެނީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ދިވެހި ރެޑް ކްރެސެންޓްއިން އިންސާނިއްޔަތަށް ޓަކައި ކުރާ މަސައްކަތުގައި ބައިވެރިވުމުގެ ގޮތުން ދިވެހި ރެޑް ކްރެސެންޓުގެ ފުރަތަމަ ކޯޕަރޭޓް މެމްބަރު ކަމުގައިވާ، ދިރާގުން މި އަހަރު ވެސް ދިވެހި ރެޑްކްރެސެންޓުގެ ކޯޕަރޭޓް މެމްބަރޝިޕް އައުކޮށް ދިވެހި ރެޑް ކްރެސެންޓުންދޭ ޚިދުމަތްތަކުގައި އެހީތެރިވުމަށް ނިންމައިފިއެވެ.

Ads by Sosun Fihaara

މިކަމަކީ ދިވެހި ރެޑް ކްރެސެންޓާއި ދިރާގާއި އޮންނަ ގުޅުން ވަރުގަދަވެ ކުރިއަށް އޮތް ތަނުގައި ދިވެހި ރެޑް ކްރެސެންޓުގެ މަސައްކަތް އިތުރަށް ފުޅާ ކުރުމަށް ލިބިގެންދާނެ ފުރުސަތެކެވެ.

ދިވެހި ރެޑް ކްރެސެންޓަށް 12 އަހަރު ފުރުން ފާހަގަކޮށް މި އެއްބަސްވުމުގެ ރަސްމިއްޔާތު ކުރިއަށް ގެންދެވުނީ ދިރާގުގެ މައި އޮފީހުގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދިވެހި ރެޑް ކްރެސެންޓްގެ އަމީން އާންމު އަލްފާޟިލާ ފާތިމަތު ހިމްޔާ ވިދާޅުވީ ވިޔަފާރި ކުންފުނިތަކަށް ޚާއްސަކޮށް ހުޅުވާލެވިފައިވާ ކޯޕަރޭޓް މެމްބަރޝިޕް ފުރުޞަތުގައި ދިރާގުން ބައިވެރިވެ މިކަމުގައި ކުރިއަށް ދިއުމަށް ނިންމެވުމަކީ ދިވެހި ރެޑްކްރެސެންޓަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ.

ދިރާގުގެ މި އިސްނެންގެވުމާ އެކު އައު ކުރެވުނު މެމްބަރޝިޕް ގެ ސަބަބުން ކާރިސާތަކުގެ ވަގުތުގައްޔާއި އާއްމު ހާލަތްތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ނާޒުކު ފަރާތްތަކަށް ދިވެހި ރެޑް ކްރެސެންޓްގެ ދަރުމަވެރިން ފޯރުކޮށްދޭ ހިދުމަތްތަކަށް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށް ދެވޭނެއެވެ. މި މަސައްކަތްތަކުގެ ތެރޭގައި ފުރަތަމަ އެހީ ދިނުމާއި، ނަފްސާނީ އިޖްތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ކާރިސާތަކުން އަރައިގަތުމަށް ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ހިމެނެއެވެ.

މިފަދަ މަސައްކަތްތަކުގައި ހަރަކާތްތެރިވެ އުޅޭ ދަރުމަވެރިން ތަމްރީންކުރުވާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުފެދިފައިވާ ދިވެހި ރެޑް ކްރެސެންޓްގެ ޔުނިޓްތައް މި ރޮނގުތަކުން ތަރައްޤީ ކުރުމަށް ވެސް ލިބޭ ވަރަށް ބޮޑު އެހީއަކަށް ވާނެއެވެ.

"ދިވެހި ރެޑް ކްރެސެންޓުން ކުރައްވާ އަގުހުރި މަސައްކަތަށް އެއްބާރުލުން ދިނުމަކީ ދިރާގަށް ލިބޭ ވަރަށް ބޮޑު އުފަލެއް އަދި  އެކި ކާރިސާތަކުގެ ވަގުތުގައްޔާއި އާއްމު ހާލަތްތަކުގައި ދިވެހި ރައްޔިތުންނަށް ވަރުބަލިކަމެއް ނެތި އޯގައިތެރިކަމާ އެކު ވަމުންދާ އެހީ ފާހަގަކޮށް މި ފުރުސަތުގައި އަގު ވަޒަންކުރާކަން" ދިރާގުގެ ޑިރެކްޓަރ ކޯޕަރޭޓް ސަރވިސް އާތިފާ އަލީ ވިދާޅުވުއެވެ.

ނިމިދިޔަ 2020 ވަނަ އަހަރާއި 2021 ވަނަ އަހަރު ވެގެން ދިޔައީ ކޮވިޑް 19ގެ ޙާލަތުން އަރައިގަތުމަށް ސަރުކާރަށް ވާގިވެރިވުމުގެ ގޮތުން ދިވެހި ރެޑް ކްރެސެންޓުން ކުރިއަށް ގެންދިޔަ ވަރަށް ގިނަ މަސައްކަތްތަކުގައި ދިރާގުގެ އެހީތެރިކަން ލިބުނު އަހަރުތަކަކަށެވެ.

މިގޮތުން ދިވެހި ރެޑް ކްރެސެންޓުން ނަފްސާނީ އިޖުތިމާޢީ ދުޅަހެޔޮކަން ފޯރުކޮށް ދިނުމަށާއި ބިދޭސީންނަށް އެހީ ފޯރުކޮށްދިނުމުގެ ގޮތުން އެކުލަވައިލި ޓޯލް ފްރީ ހެލްޕްލައިން ދިރާގުން ވަނީ ޤާއިމް ކޮށްދެއްވައިފައެވެ. އަދި ކޮވިޑް19ގެ ކަންކަމާ ގުޅޭ ޓެލެކޮމިއުނިކޭޝަން ޚިދުމަތްތަކާއި އެހެނިހެން ޚިދުމަތްތަކަށް ވެސް ވަނީ އެހީތެރިކަން ފޯރުކޮށްދެއްވައިފައެވެ.

ދިރާގުން ފޯރުކޮށްދޭ މިފަދަ އެހީތެރިކަމުގެ ސަބަބުން ކުއްލި ހާލަތްތަކުގައްޔާއި ކާރިސާގެ ވަގުތުތަކުގައި އެންމެ ނާޒުކު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް މަގުފަހި ވެގެންދާނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!