ޚަބަރު

މިއަހަރުގެ މިހައިތަނަށް ހަތް ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

މިއަހަރުގެ މިހައިތަނަށް ރާއްޖެއަށް 7 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.

Ads by Sosun Fihaara

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން އިއްޔެއާ ހަމައަށް ރާއްޖެއަށް 705،024 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. 2020 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައި ވަނީ 389،187 ފަތުރުވެރިންނެވެ.

މިއަހަރުގެ މިހައިތަނަށް ރާއްޖެއަށް އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ މިމަހުގެ 7 ވަނަ ދުވަހުއެވެ. އެ ދުވަހު 6083 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

ރާއްޖެއަށް މިހާރު އެންމެ ގިނަ އަދަދަކަށް ޒިޔާރަތްކުރަނީ ރަޝިއާ ފަތުރުވެރިންނެވެ. ދެވަނައަށް އެންމެ ގިނަ އަދަދަކަށް އައިސްފައި ވަނީ އިންޑިއާ ފަތުރުވެރިންނެވެ.3 ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ ޖަރުމަނުވިލާތުންނެވެ.

ކޮވިޑްގެ ނަންބަރުތައް ރާއްޖޭގައި އިތުރުވާން ފެށުމާ އެކު ބައެއް ސަރަޙައްދުތަކުން އަންނަ ފަތުރުވެރިންނަށް ވިސާ ދިނުން ހުއްޓައިލުމުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު މަދުވި ނަމަވެސް ބަލި ފެތުރުން މަދުވުމާ އެކު ރާއްޖޭގެ ފަތުރުވެރިކަން ރަނގަޅުވެ ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މިހާރު ދަނީ އިތުުރުވަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!