ޚަބަރު

ޔޫކޭގެ ރެޑްލިސްޓްގައި ރާއްޖެ އޮންނަންޖެހޭ ސަބަބެއް މިހާރު ނެެތް: ސަފީރު

ރައުފާ ރަޝީދު ، ދެން އޮންލައިން

އިނގިރޭސި ވިލާތުގެ ރެޑް ލިސްޓުގައި ރާއްޖެ އޮންނަން ޖެހޭ އެކަށީގެންވާ ސަބަބެއް މިހާރު ނެތް ކަމަށް ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވައިފައި ހުންނެވި ސަފީރު ޑރ. ފަރަހަނާޒް ފައިސަލް ވިދާޅުވެއްޖެއެވެ.

Ads by MWSC

ފަރަހަނާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިނގިރޭސިވިލާތުން ކަނޑައަޅައިފައިވާ އުސޫލުތަކާ އެއްގޮތަށް ޖިނޯމިކް ސީކުއެންސިން ޓެސްޓިންގެ ޑޭޓާ މިހާރު އަޕްޑޭޓްކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެ ގައުމުގެ ރެޑްލިސްޓްގައި ރާއްޖެ އޮންނަން ޖެހޭ އެކަށީގެންވާ ސަބަބެއް މިހާރު އޮންނާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ސަފީރު އިތުރަށް ވިދާޅުވީ ރާއްޖޭގެ ކޮވިޑް ފައްސި ވޭދަނަތަކުގެ އަދަދު ވަރަށް މަދުވެފައިވާ ކަމަށާއި، ގިނަ ޤައުމުތަކާއި އަޅާބަލާއިރު ރާއްޖޭގެ ވެކްސިން ރޭޓް ވެސް މަތިކަމަށެވެ.

ރާއްޖެއަށް މިހާރު އެންމެ ގިނަ އަދަދަކަށް ޒިޔާރަތްކުރަނީ ރަޝިއާ ފަތުރުވެރިންނެވެ. ދެވަނައަށް އެންމެ ގިނަ އަދަދަކަށް އައިސްފައި ވަނީ އިންޑިއާ ފަތުރުވެރިންނެވެ.3 ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ ޖަރުމަނުވިލާތުންނެވެ.

ކޮވިޑްގެ ނަންބަރުތައް ރާއްޖޭގައި އިތުރުވާން ފެށުމާ އެކު ބައެއް ސަރަޙައްދުތަކުން އަންނަ ފަތުރުވެރިންނަށް ވިސާ ދިނުން ހުއްޓައިލުމުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު މަދުވި ނަމަވެސް ބަލި ފެތުރުން މަދުވުމާ އެކު ރާއްޖޭގެ ފަތުރުވެރިކަން ރަނގަޅުވެ ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މިހާރު ދަނީ އިތުުރުވަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!