ޚަބަރު ސަރުކާރު

ކައުންސިލް އެސްޖީ އައްޔަން ކުރެވޭނީ އަންނަ މަހުގެ 15 ގެ ފަހުން : ސީއެސްސީ

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ވެލާނާ ބިލްޑިންގް
ވެލާނާގެ -- ދެން އިމޭޖްސް/އިބްރާޙީމް ޝަމްވީލް

ކައުންސިލް އިދާރާތަކުގެ ސެކްރެޓަރީ ޖެނެރަލުން އައްޔަން ކުރެވޭނީ އަންނަ މަހުގެ 15ގެ ފަހުން ކަމަށް ސިވިލް ސާވިސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

Ads by MWSC

ސީއެސްސީއިން ވިދާޅުވީ ކައުންސިލް އިދާރާތަކުގެ ސެކްރެޓަރީ ޖެނެރަލުން އައްޔަންކުރުމަށް ހުޅުވައިލި ފުރުސަތުގައި 500އަށް ވުރެ ގިނަ ފަރާތްތަކުން އެ މަގާމަށް ކުރިމަތިލައިފައިވާ ކަމަށާއި މިހާރު ކުރިއަށްދަނީ އެފަރާތްތަކާ އިންޓަވިއު ކުރުމުގެ މަރުހަލާ ކަމަށެވެ. އެގޮތުން އެމަގާމަށް ޝަރުތުހަމަވާ ފަރާތްތައް ޝޯޓް ލިސްޓްކޮށް، ޝޯޓް ލިސްޓްވީ ފަރާތްތަކާ އިންޓަވިއު ކުރަން އަންނަ ހަފްތާގައި ފެށޭނެކަމަށް ސީއެސްސީއިން ވިދާޅުވިއެވެ.

މީގެ އިތުރުން ބައެއް ކައުންސިލްތަކަށް އެއްވެސް ފަރާތަކުން ކައުންސިލް ޖެނެރަލް ކަމަށް ކުރިމަތި ލައިފައި ނުވާ ކަމަށާއި އެހެންކަމުން އެކައުންސިލްތަކަށް ކުރިމަތި ލުމުގެ ފުރުސަތު އަލުން ހުޅުވާލާނެކަމަށް ވެސް ސީއެސްސީއިން ވިދާޅުވިއެވެ.

ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކުރިމަތި ލުމަށް ހުޅުވައިލި ފުރުސަތުގައި ސިޓީ ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް 54 އެޕްލިކޭޝަން، އަތޮޅު ކައުންސިލްތަކުގެ މަޤާމަށް 86 އަދި ރަށު ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް 371 އެޕްލިކޭޝަން ލިބިފައިވާކަމަށް އެ ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އުފައްދައިފައިވާ ލޯކަލް ކައުންސިލްގެ އިދާރާތަކުގެ ސިވިލް ސަރވިސް އެންމެ އިސްވެރިޔާގެ ގޮތުގައި އައްޔަންކުރުމަށް ޤާނޫނުގައި ބަޔާންކުރާ ލޯކަލް ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުތަކަށް ކުރިމަތިލުމަށް 20 ޖޫން 2021ގައި ކޮމިޝަނުން ޢާންމުކޮށް ހުޅުވައިލުމުން އެ މަގާމުތަކަށް 511 ކެންޑިޑޭޓުން ކުރިމަތިލައިފައިވާ ކަމަށް ސީއެސްސީއިން ވަނީ ވިދާޅުވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!