މެދުއިރުމަތި ދުނިޔެ

އަފްގާނިސްތާނުގެ 10 މިލިއަން ކުޑަކުދިން އިންސާނީ އެހީއަށް ބޭނުންޖެހިފައި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ތާލިބާނުންގެ ސަރުކާރެއް ގާއިމުކޮށްފައިވާ އަފްގާނިސްތާނުގެ 10 މިލިއަން ކުޑަކުދިން އިންސާނީ އެހީއަށް ބޭނުން ޖެހިފައިވާކަމަށް ޔުނިސެފުން ބުނެފިއެވެ.

Ads by WAMCO

އެކުވެރި ދައުލަތްތަކުގެ ޖަމްއިއްޔާ ޔޫއެންގެ ކާބޯތަކެތީގެ ޕްރޮގްރާމްގެ ދަށުން މިހާރު ވެސް 200 މިލިއަން ޑޮލަރުގެ ކާބޯތަކެތީގެ އެހީތެރިކަމަށް މިހާރު ވެސް އެދިފައިވާއިރު އެ ކުދިންނަށް މިހާރު ވެސް އިންސާނީ އެހީ އިންތިހާއަށް ބޭނުންވެފައިވާކަމަށް ޔުނިސެފުން ވަނީ ބުނެފައެވެ.އަދި މިކުދިން ދާދި އަވަހަށް ބަނޑުހައިހޫނުކަމާއި ކުރިމަތިލާން ޖެހިދާނެކަމުގެ އިންޒާރު ވެސް ޔުނިސެފުން ވަނީ ދީފައެވެ.

"އަފްގާންގެ 14 މިލިއަން މީހުން އެއީ ގާތްގަނޑަކަށް އެގައުމުގެ އާބާދީގެ ތިން ބައިކުޅަ އެއްބައި މީހުންނަށް ހައިހޫނުކަމާއި ކުރިމަތިލާން ޖެހިދާނެ. ސަބަބަކީ ދިގު މުއްދަތަކަށް ދެމިގެންގޮސްފައިވާ ހޫނުކަމާއި ހަނަފަސްކަން. އަދި އިގްތިސާދަށް ދިމާވެފައިވާ ގޮންޖެހުންތައް ހާއްސަކޮށް ކޮވިޑްގެ ސަބަބުން" ވޯލްޑް ފުޑް ޕްރޮގްރާމްގެ ޑިރެކްޓަރ ޑޭވިޑް ބިއަސްލޭ ވިދާޅުވިއެވެ.

ތާލިބާން ހަނގުރާމަވެރިން އަފްގާންގެ ވެރިރަށް ކާބުލްއަށް އަރައި އެގައުމުގެ ވެރިކަން ފުރޮޅައިލި ހިސާބުންފެ ށިގެން މިހާތަނަށް 70 ހާހަށް ވުރެ ގިނަ މީހުން އެގައުމު ދޫކޮށް ގޮސްފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. ތާލިބާނުންގެ އަތްދަށަށް އަފްގާނިސްތާނު ގެންދިޔުމުން އެ ގައުމުގެ ރައީސް އަޝްރަފް ގަނީ ވަނީ ފިއްލަވައިގެން ޔޫއޭއީއަށް ވަޑައިގަންނަވައިފައެވެ.

ވޭތުވެދިޔަ 20 އަހަރުގެ ތެރޭގައި ތާލިބާނުންނާއި އެމެރިކާގެ ސިފައިންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި 40,000 އާއްމުން ވަނީ މަރުވެފައެވެ. އަދި 64,000 އަފްގާނިސްތާނުގެ މިލިޓަރީ ސިފައިންނާއި ބޭރު ޤައުމުތަކުގެ 3500 ސިފައިން ވަނީ މަރުވެފައެވެ.

އެމެރިކާއިން އަފްގާނިސްތާނުގެ ހަނގުރާމައަށް 1 ޓްރިލިއަންއަށް ވުރެ ގިނަ ޑޮލަރު ޚަރަދުކޮށްފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!