ދުނިޔެ

ޖަޕާނުގައި މޮޑާނާ ވެކްސިނުގެ ތަޣައްޔަރުވެފައިވާ 1.63 މިލިއަން ޑޯޒް

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ކޮވިޑް-19އިން ރައްކާތެރިވުމަށް ޓަކައި ޖަހާ މޮޑާނާ ވެކްސިނުގެ 1.63 މިލިއަން ޑޯޒް ތަޣައްޔަރުވުމުގެ ސަބަބުން ބޭނުން ކުރުން، ޖަޕާނުގައި މަނާކޮށްފިއެވެ.

Ads by WAMCO

ޖަޕާނުގެ ހެލްތު މިނިސްޓްރީން ބުނެފައިވާ ގޮތުގައި ޖަޕާނުގައި މޮޑާނާ ވެކްސިން ދިނުމުގެ އިސް ކުންފުނި ކަމުގައިވާ ޓަކޭޑާ ޕާރމަކިއުޓިކަލް ކޮމްޕެނީން މިދިޔަ އަންގާރަ ދުވަހު ވަނީ މޮޑާނާގެ ނުކަނޑާ ހުރި ބައެއް ވެކްސިނުގެ ތެރޭގައި އިތުރު އެއްޗެއް އެކުވެފައި ހުރި ކަމުގެ ރިޕޯޓްތައް ލިބިފައިވާ ކަމަށެވެ.

މިއާ އެކު މިދިޔަ އަންގާރަ ދުވަހުން ފެށިގެން ޖަޕާނުގައި ވަނީ މޮޑާނާ ވެކްސިން ދިނުން ހުއްޓައިލާފައެވެ. އަދި އިތުރު އެއްޗެހިތަކެއް އެކުވެފައި ވަނިކޮށް ފެނުނު ވެކްސިން ޑޯޒްތައް ވީ އެންމެ އަވަހަށް ތަހްލީލްކުރުމަށް މޮޑާނާ ކުންފުންޏަށް ޖަޕާނުގެ ކުންފުނިން ރިކުއެސްޓްކޮށްފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. އެހެން ނަމަވެސް ޖަޕާނު ކުންފުނީގެ ރިކުއެސްޓާ މެދު އަދި މިހާތަނަށް މޮޑާނާ ކުންފުނިން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ޖަޕާނުގައި ބޭނުން ކުރުމަށް އެތެރެކޮށްފައިވާ މޮޑާނާ ވެކްސިނުގެ ޑޯޒްތަކުގެ ތެރޭގައި އެކުވެފައި ވަނިކޮށް ފެނިފައިވާ އެއްޗެއްސާ ބެހޭ އިތުރު މައުލޫމާތެއް ޓަކޭޑާ ކުންފުނިން ދީފައެއް ނުވެއެވެ. އެހެން ނަމަވެސް ވެކްސިން ޖެހި އެއްވެސް ފަރާތަކުން މިހާތަނަށް ސިއްހީ އެއްވެސް މައްސަލައެއް ދިމާވެގެން ރިޕޯޓްކޮށްފައި ނުވާކަމަށް އެ ކުންފުނިން ބުނެއެވެ.

ތަޣައްޔަރުވެފައިވާ ވެކްސިނުގެ ގޮތުގައި ޖަޕާނުގައި ފެނިފައި ވަނީ އެގައުމަށް އެތެރެކުރި 3 ބެޗުގެ ތެރެއިން އެއް ބެޗްގެ ވެކްސިންކަމަށްވީ ނަމަވެސް އެ ތިން ބެޗް އެއްކޮށް ވެސް ބޭނުންކުރުން އެގައުމުގައި މަނާ ކުރީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންކަމަށް ޖަޕާނުގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!